ސޯބެ ހުވާކުރުން އަންނަ ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިރޭ ބުނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ސޯބެ، މެންބަރު ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހުގެ ހެނދުނު 8:30 ގައި މަޖިލިސްކުރާ ގޭގައި އޮންނާނެ ކަމަށެވެ.

އަބްދުﷲ ސޯދިގު (ސޯބެ)

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އިންތިހާބީ މެންބަރު، އަބްދުﷲ ސޯދިގު (ސޯބެ) ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިރޭ ބުނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ސޯބެ، މެންބަރު ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހުގެ ހެނދުނު 8:30 ގައި މަޖިލިސްކުރާ ގޭގައި އޮންނާނެ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހުސްވެފައިވާ އެ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ޓިކެޓުގައި ސޯބެ ކާމިޔާބު ކުރައްވާފައި ވަނީ އޭނާއާ ވާދަކުރި ޕީއެންސީގެ ކެނޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) ބަލިކުރެއްވުމަށް ފަހު އެވެ. ސޯބެ އިންތިހާބު ކާމިޔާބު ކުރެއްވީ 62 ވޯޓުގެ ތަފާތުންނެވެ.

މަޖިލީހުގެ ހިތަދޫ އިތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް އޮތް ސާބިތު ދަރަންޏެއް ދައްކާފައި ނުވާތީ، އޭނާގެ މަޖިލީސް ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.