މި ތަކާފުލް ޕްލޭނަކީ ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ދިމާވެދާނެ މާލީ އަދި ސިއްހީ ބޮޑެތި ގޮން ޖެހުންތަކުން މާލީ ރައްކާތެރިކަން ހޯދައިދޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ. މީގެ އިތުރުން ވެސް އިތުރު ބައިތަކެއް ހިމެނެ އެވެ.

ރާއްޖޭން ބޭރުގައި އުޅެނިކޮށް ޕާސްޕޯޓް ގެއްލުމާއި ފޮށި ތަންމަތި ގެއްލުންފަދަ ކަމެއް ދިމާވުމަކީ އިންތިހާއަށް ހާސްވާނެ ކަމެކެވެ. މިފަދަ ހާދިސާއެއް ދިމާވެއްޖެނަމަ ހަދާނީ ކިހިނެއް ހެއްޔެވެ ؟ ހާއްސަ އުމުރު ދުވަހު ފައިސާ އެއްކޮށްގެން ކުރާ ޙައްޖު ދަތުރު ނުވަތަ އުމްރާގެ އަޅުކަމަށް ކުރާ ދަތުރުގައި މިފަދަ ކަމެއް ދިމާވުމަކީ މުޅި ޢާއިލާއަށް ވެސް ކުރިމަތިވާނެ މޮޅިވެރި ކަމަށްވާނެ އެވެ.
މިފަދަ ހާދިސާތަކުން ޢުމްރާވެރިންނާއި ޙައްޖުވެރިންނަށް ރައްކާތެރިކަން ދޭނެ ޚާއްޞަ ޕްލޭންތައް އެލައިޑް ތަކަފުލް އިން ދަނީ ފޯރުކޮށްދެމުންނެވެ.
މި ތަކާފުލް ޕްލޭނަކީ ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ދިމާވެދާނެ މާލީ އަދި ސިއްހީ ބޮޑެތި ގޮންޖެހުންތަކުން މާލީރައްކާތެރިކަން ހޯދައިދޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ.
މި ޕްލޭނުން ކަވަރުކޮށްދޭ މުހިންމު ބައިތަކުގެ ތެރޭގައި ކުއްލި ސިއްހީ ހަރަދުތައް ހިމެނެ އެވެ. މި ބައިގައި ދަތުރުމަތީގައި ދިމާވާ ބަލިމަޑުކަމެއް ނުވަތަ ހާދިސާއަކާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ކުރަންޖެހޭ ފަރުވާގެ ޚަރަދުތައް ހިމަނާފަވެ އެވެ. މީގެ އިތުރުން ފޮށިތަންމަތި ގެއްލުމާއި ލަސްވުންވެސް ކަވަރު ކުރެ އެވެ. މިއީ ޗެކް-އިން ކޮށްފައިވާ ފޮށި ގެއްލުން ނުވަތަ މާބޮޑަށް ލަސްވެގެން ދިމާވާ އުނދަގޫތަކަށް މާލީ ބަދަލު ލިބޭ ބައެކެވެ. އަދި ޕާސްޕޯޓާއި ފައިސާ ގެއްލުމުން ކުރިމަތިވާ މާލީ ގެއްލުންތަކަށް ވެސް މި ޕެކޭޖުން ބަދަލު ލިބޭނެއެވެ. މީގެ އިތުރުން ފްލައިޓް ލަސްވުން ނުވަތަ މިސްވުމަކީ ވެސް މަދުންނަމަވެސް ބައެއް ފަހަރު ކުރިމަތިވާ ކަންކަމެވެ. އަދި ކަނެކްޓިން ފްލައިޓް މިސްވުން ނުވަތަ ފުރަން އޮންނަ ގަޑި ލަސްވުމުގެ ސަބަބުން ހިނގާ އިތުރު ހަރަދުތައް ކަވަރުކުރެ އެވެ.
ނަގަން ފަސޭހަ - އެލައިޑްގެ ޙައްޖު އެންޑް ޢުމްރާ ތަކާފުލް ޕްލޭނަށް ވަރަށް ފަސޭހަކަމާއެކު ނަންގަވާލެއްވޭނެއެވެ. އެގޮތުން ފޯމް ފުރިހަމަކޮށްލުމަށްފަހު ހުށަހަޅަން ޖެހެނީ ޕާސްޕޯޓްގެ ކޮޕީ އެ ކެވެ.
އެލައިޑް ތަކާފުލްގެ ޙައްޖު އެންޑް ޢުމްރާ ތަކާފުލްގެ އިތުރު މަޢުލޫމާތު ހިލޭ ގުޅޭ ނަންބަރު 1600 އަށް ގުޅުއްވުމުން ލިބޭނެ އެވެ. މީގެ އިތުރުން takafulsales@allied.mv އަށް މެއިލްކޮށްގެން ނުވަތަ މައިއެލައިޑް މެދުވެރިކޮށް ލިބޭނެ އެވެ.