ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އިއްޔެ ކަސްޓަމްސް އިން އަތުލައިގެންފައި ވަނީ 8.5 ކިލޯގެ ހަޝިޝް އޮއިލް އެވެ.

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު އަށް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އިއްޔެ ކަސްޓަމްސް އިން އަތުލައިގެންފައި ވަނީ 8.5 ކިލޯގެ ހަޝިޝް އޮއިލް އެވެ.
އެތަކެތި އެތެރެކޮށްފައި ވަނީ ކޮން ގައުމަކުން ކަމެއް ކަސްޓަމްސް އިން ހާމައެއް ނުކުރެ އެވެ.
ކަސްޓަމްސްއިން ބުނީ އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު ހަ މިލިއަން ރުފިޔާއަށްވުރެ ބޮޑުވާނެ ކަމަށެވެ.
އާންމު އުސޫލުގެ ދަށުން އެތަކެއްޗާއި އެތަކެތި އެތެރެކުރަން މަސައްކަތް ކުރި މީހާ ނުވަތަ މީހުން ހަވާލާކުރާނީ ފުލުހުންނާ އެވެ. އެހިސާބުން ފުލުހުން މައްސަލަ ތަހުގީގު ކުރާނެ އެވެ.