ކާރާއި ސެކިއުރިޓީ ބޭނުމެއް ނޫން، މަގާމާ ހަވާލުވީ ޕާޓީގެ މަސްލަހަތަށް: ސަލީމް

މަޖިލީހުގެ ނައިބު ރައީސްގެ މަގާމާ ހަވާލުވީ ޕާޓީ އެތެރޭގެ މަސްލަހަތާއި ގުޅުން ރަނގަޅު ކުރަން ޖެހިފައި އޮތުމުން ކަމަށް ސަލީމް ވިދާޅުވި

އޭދަފުށީ ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ސަލީމް --

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމާ ހަވާލުވީ ޕާޓީގެ މަސްލަހަތަށްޓަކައި ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މަގާމުން ވަކި ކުރަން ހުށަހެޅުމުން އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެން ޕީއެންސީން ވަނީ އެ މަގާމަށް ސަލީމް އިންތިހާބު ކޮށްފަ އެވެ.

ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ސަލީމް ވަނީ ފުރަތަމަ ފަހަރަށް އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.

ސަލީމް ވިދާޅުވީ އޭނާ މަޖިލީހުގެ ރައީސްގެ މަގާމް ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އެ މަގާމާ ހަވާލުވާން ނިންމީ ޕާޓީގެ މަސްލަހަތާއި ޕީއެންސީ އެތެރޭގެ ގުޅުން ބަދަހިކޮށް ވަރުގަދަ ކުރުމުގެ ނިޔަތުގައި ކަމަށެވެ.

"އަޅުގަނޑު [މަގާމް] ބޭނުން ނުވާ ބައިވަރު ސަބަބު އެބަހުރި. އަޅުގަނޑަކީ އަމިއްލަ މަސައްކަތުގަ ވަރަށް ބިޒީ މީހެއް. ނަމަވެސް އަޅުގަނޑަށް މުހިންމު އަމިއްލަ ވިޔަފާރި އަށް ވުރެ މި ގައުމު." ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ނައިބު ރައީސްގެ މަގާމާ ހަވާލުވުމާއެކު މަޖިލިސް އިދާރާ އިން އޭނާ އަށް ގުޅައި ކާރަކާއި ސެކިއުރިޓީ ދޭ ވާހަކަ ދެއްކެވި އެވެ.

ނަމަވެސް ކާރު ބޭނުން ނުވާ ކަމަށާއި ސެކިއުރިޓީ ވެސް ބޭނުން ނުވާ ކަން މަޖިލީހުގެ އިދާރާ އަށް އެންގެވި ކަމަށް ސަލީމް ވިދާޅުވި އެވެ. 

"އަޅުގަނޑު ދެންނެވިން ކާރަކާ ހަވާލެއް ނުވާނަމޭ އަޅުގަނޑޫ މިހާރު ވެސް ދާ ގޮތަށް މީހެއްގެ ސައިކަލު ފަހަތުގަ އޭ ދާނީ." ސަލީމް ވިދާޅުވި އެވެ.

"ދެން ދެންނެވީ ސެކިއުރީ އަކީ ކޮންމެހެން ވެސް ދޭން ޖެހޭ އެއްޗެކޭ. އަޅުގަނޑު ދެންނެވިން އަޅުގަނޑޫގެ ސެކިއުރިޓީ ހެއްދެވި ފަރާތާ ހަވާލު ކޮށްފީމޭ އިތުރަކަށް ބޭނުމެއް ނުވޭ." އޭނާ ވިދާޅުވި އެވެ.

ސަލީމް މަޖިލީހުގެ ނައިބު ރައީސްގެ މަގާމާ ހަވާލުވި އިރު ޕާޓީގެ ތެރޭގައި ބޮޑެތި މައްސަލަތައް އޮތް ކަމުގެ އަޑު ފެތުރިފައި އޮތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.