ކޯޓާގެ ވަގުވިޔަފާރި ހުއްޓުވިން، އަލުން ފެށީ މި ސަރުކާރުން: ފައްޔާޒް

"ކޯޓާގެ ވަގު ވިޔަފާރި އެމްޑީޕީގެ ސަރުކާރުގައި ހުއްޓުވުމުން އެކަން އަލުން ފެށީ މި ސަރުކާރުން." ފައްޔާޒް ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް -- ފޮޓޯ: އެމްޑީޕީ

ރާއްޖެ އަށް ބިދޭސީން ގެންނަން ދޫކުރާ ކޯޓާތަކުގެ ވަގު ވިޔަފާރި އެމްޑީޕީގެ ސަރުކާރުން ނިމުމަކަށް ގެނެސްފައިވާ ކަމަށާއި ނަމަވެސް އެކަން އަލުން މި ސަރުކާރުން ފައްޓާފައިވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިހެން ވިދާޅުވީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ 25 އަހަރަށް ޖަލަށްލާން އިއްޔެ ހުކުމް ކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝައްމާން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ ޝައްމާން ކިޔައި ދެއްވީ މި ސަރުކާރުގެ އަސްލު ހަގީގަތް ކަމަށާއި އޭނާގެ މައްޗަށް ހުކުމް ކުރީ އެ ވާހަކަތަކުގެ ހަގީގަތް ހާމަ ކުރުމުން ކަމަށެވެ.

"ކޯޓާގެ ވަގު ވިޔަފާރި އެމްޑީޕީގެ ސަރުކާރުގައި ހުއްޓުވުމުން އެކަން އަލުން ފެށީ މި ސަރުކާރުން." ފައްޔާޒް ވިދާޅުވި އެވެ.

އެ ވަގު ވިޔަފާރި އަށް މަގުފަހި ކުރުމަށް ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް މެލޭޝިއާގެ ކުންފުންޏަކަށް މި ސަރުކާރުން ވިއްކާލާފައިވާ ކަމަށާއި އެއީ ވެސް އެތައް ބިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަމަލެއް ކަމަށް ފައްޔާޒް ތުހުމަތު ކުރެއްވި އެވެ. 

"އެކަމުގައި އިސްކޮށް ތިބީ ސަރުކާރުގެ އެންމެ އިސްފަރާތްތައް." އޭނާ ވިދާޅުވި އެވެ.

ކުރީ ސަރުކާރުގައި ބިދޭސީންނާ ގުޅޭ ކަންކަން ކުރަމުން ގެންދެވީ ފައްޔާޒް ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓްރީގެ ދަށުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.