އެންމެ ގިނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވުމުގެ ޝަރަފު މޯދީއަށް؛ ރައީސްގެ މަރުހަބާ

މޯދީ އިންޑިއާގެ ބޮޑުވަޒީރުކަމާ އެންމެ ފުރަތަމަ ހަވާލުވެވަޑައިގެންފައި ވަނީ މެއި، 2014 ގައެވެ. އޭގެފަހުން މެދުކެނޑުމެއްނެތި މިހާރު ދަނީ ތިންވަނަ ދައުރު އެމަގާމު ފުރުއްވަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ -- އޭއެފްޕީ

އެންމެ ދިގު މުއްދަތަކަށް އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވި ކަމުގެ ޝަރަފު، ނަރެންދްރަ މޯދީއަށް ލިބިވަޑައިގެންނެވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފި އެވެ.

އެކަން ފާހަގަކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މެދުކެނޑުމެއްނެތި އެންމެ ގިނަ ދިގު މުއްދަތަކަށް ބޮޑޫވަޒީރުކަމުގެ މަގާމު ފުރުއްވުމުގެ ލަގަބު ހޯއްދަވާފައިވާތީ، ބޮޑުވަޒީރު މޯދީއަށް އިހުލާސްތެރިކަމާއެކު މަރުހަބާ ދަންނަވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވެފައި ވަނީ އިހުތިރާމާއި އިސްތިގުލާލީ ހަމަހަމަކަމާއި އަދި މަސްލަހަތު އޮންނަ ކަންކަމުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް ރާއްޖޭން އެދޭ ކަމަށެވެ.

މޯދީ އިންޑިއާގެ ބޮޑުވަޒީރުކަމާ އެންމެ ފުރަތަމަ ހަވާލުވެވަޑައިގެންފައި ވަނީ މެއި، 2014 ގައެވެ. އޭގެފަހުން މެދުކެނޑުމެއްނެތި މިހާރު ދަނީ ތިންވަނަ ދައުރު އެމަގާމު ފުރުއްވަމުންނެވެ.

އޭގެ ކުރިން އެ ލަގަބު ލިބިވަޑައިގެންފައި ވަނީ ކުރީގެ ބޮޑުވަޒީރު ޖަވާހިރުލާލް ނެހްރޫއަށެވެ. 

މި ސަރުކާރު ހަވާލުވި އިރު އިންޑިއާ އާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވީ ނަމަވެސް ސަރުކާރުން ވަނީ އެ ގައުމާއެކު ގުޅުން ރަނގަޅު ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.