މި ހިސާބުތައް ދައްކާ ގޮތުން މި ކުރިއެރުމުގެ މައިގަނޑު ބާރަކީ ގަނޑުކުރި ކަޅުބިލަމަސް އެކްސްޕޯޓް ކުރި މިންވަރު އާދަޔާ ހިލާފަށް އިތުރުވުމެވެ. މި ބާވަތުގެ މަހުން ލިބުނު އާމްދަނީ 168 % (46.5 މިލިއަން ޑޮލަރު) އިތުރުވެފަ އެވެ.

މިދިޔަ އަހަރު ރާއްޖޭން 144.6 މިލިއަން ޑޮލަރުގެ މަސް އެކްސްޕޯޓްކޮށްފައިވާ ކަމަށާ މިއީ ކުރި އަހަރާ އަޅާބަލާއިރު 168 ޕަސެންޓުގެ އިތުރުވުމެއް ކަމަށް ދައްކައިފި އެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އަމިއްލަ އުފެއްދުންތަކުގެ އެކްސްޕޯޓަށް ބަލާއިރު، މީގެ 93 ޕަސެންޓަކީ މަހުގެ އުފެއްދުންތަކެވެ. އެގޮތުން 2024 ވަނަ އަހަރު މަސްވެރިކަމުގެ ދާއިރާ އަށް ދިމާވި ގޮންޖެހުންތަކާ ގުޅިގެން އެކްސްޕޯޓް ދަށްވި ނަމަވެސް، ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު 2025 ވަނަ އަހަރު މި ދާއިރާ ވަނީ ވަރަށް ބޮޑަށް ބޫމްވެފައެވެ. އެގޮތުން ޑޮމެސްޓިކް އެކްސްޕޯޓް 56 ޕަސެންޓް (52.1 މިލިއަން ޑޮލަރު) އިތުރުވެ، ޖުމްލަ 144.6 މިލިއަން ޑޮލަރަށް އަރާފަ އެވެ.
މި ހިސާބުތައް ދައްކާ ގޮތުން މި ކުރިއެރުމުގެ މައިގަނޑު ބާރަކީ ގަނޑުކުރި ކަޅުބިލަމަސް އެކްސްޕޯޓް ކުރި މިންވަރު އާދަޔާ ހިލާފަށް އިތުރުވުމެވެ. މި ބާވަތުގެ މަހުން ލިބުނު އާމްދަނީ 168 ޕަސެންޓް (46.5 މިލިއަން ޑޮލަރު) އިތުރުވެފައިވާއިރު، އެކްސްޕޯޓް ކުރި މަހުގެ ބަރުދަން ވަނީ 2024 ވަނަ އަހަރުގެ 22،000 މެޓްރިކް ޓަނުން މިދިޔަ އަހަރު 57.4 ހާސް މެޓްރިކް ޓަނަށް (158 ޕަސެންޓް) މަތިވެފަ އެވެ.
މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރު ރާއްޖޭގެ މަހުގެ އެކްސްޕޯޓްގެ އެންމެ ބޮޑު ހިއްސާއެއް ކުރާ ބާވަތުގެ ގޮތުގައި އަނެއްކާވެސް ފިނިކުރި ކަޅުބިލަމަސް ވެގެންގޮސްފައިވަނީ ޖުމްލަ އާމްދަނީގެ 55 ޕަސެންޓް ހިއްސާކޮށްގެންނެވެ. ދަޅުމަހުގެ އެކްސްޕޯޓަށް 16 ޕަސެންޓް ކުރިއެރުމެއް ލިބުނު ނަމަވެސް، ކަޅުބިލަމަހުގެ ބާޒާރު ބޮޑުވުމުން ޖުމްލަ ހިއްސާ ވަނީ 26 ޕަސެންޓް މަދުވެފަ އެވެ. އަދި ލޯބޮޑު ކަންނެލީގެ އެކްސްޕޯޓުން ލިބުނު އާމްދަނީއަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ.