ކުރީގެ ކޮންޓްރޯލަރު ރައީސަށް ނިސްބަތްކޮށް އެ ހެއްދެވީ ދޮގެއް

ސްޕޯޓްސް ޕާސަން މުހައްމަދު ހުސެއިން ޝަރީފު ވިދާޅުވީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި އެދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

ސްޕޯޓްސް ޕާސަން މުހައްމަދު ހުސެއިން ޝަރީފު އަދި ކުރީގެ ކޮންޓްރޯލަރު

ހިޔާނާތުގެ ކުށް ސާބިތުވެގެން މިއަދު ޖަލަށް ހުކުމްކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ރައީސް ޑރ، މުހައްމަދު މުއިއްޒުއާ ނިސްބަތްކޮށް ދެއްކެވީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށް ސަރުކާރުން ބުނެފި އެވެ. 

ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ. 

މި ދައުވާގެ އަޑުއެހުމަށް ކްރިމިނަލް ކޯޓަށް ވަޑައިގަންނަވަމުން މީޑިއާތަކާ ވާހަކަ ދައްކަވަމުން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝައްމާން ވަނީ ރައީސްއަށް ގިނަ ތުހުމަތުތަކެއް ކުރައްވާފަ އެވެ. އަދި ހޯމް މިނިސްޓަރު އަލީ އިހުސާން އޭނާ ފުރޭމް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެއްވި އެވެ.

މި ވާހަކަތަކާ ގުޅިގެން، ސްޕޯޓްސް ޕާސަން މުހައްމަދު ހުސެއިން ޝަރީފު ވިދާޅުވީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި އެދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. 

ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ. ދައުވާތަކަށް ޝަމްއާން ވަނީ އިންކާރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ޝަމްއާންގެ މައްޗަށް ދައުލަތުން ކުރާ ތިން ދައުވާ ވެސް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ތުހުމަތު ކުރަނީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ބިދޭސީ މީހެއްގެ އަތުން ފެނުނު 530،000 މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހޯދި ކަމުގެ ތުހުމަތެވެ.

ޑިޓެންޝަން ސެންޓަރަށް ގެންދިޔަ މީހާ ދޫކޮށްލުމަށްފަހު، ރާވައިގެން އެމީހާ އަތުން ފައިސާ ހޯދުމަށްފަހު، އެ ފައިސާތައް ގެންދިޔައީ ޝަމްއާން ދިރިއުޅޭ ގެއަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ އަމަލު ހިންގި ގޮތުގެ ތަފްސީލް ވެސް ފުލުހުން ވަނީ ކުރިން ކިޔައިދީފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ޝަމްއާން ދިރިއުޅޭ ގެ ބަލައި ފާސްކޮށް 257،475 ރުފިޔާ އާއި 10،000 ޑޮލަރު އާއި އެހެނިހެން ބައެއް ގައުމުތަކުގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ހޯދައި، ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.