ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް ސޯޝަލް މީޑިއާގައި އިއުލާނު ކުރެއްވި ގޮތުގައި އާދަމް ނަސީރު ވަނީ މިހާރު އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާ ދެއްވި ސަބަބު ހާމައެއް ނުކުރެ އެވެ.

ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓަރުކަން ކުރެއްވި އާދަމް ނަސީރު އިބްރާހީމް، ރައީސް އޮފީހުގެ މުޝީރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ރައީސް އޮފީހުގެ ދިވެހިބަހާއި ސަގާފަތް އަދި ހެރިޓޭޖާ ބެހޭ މުޝީރު ކަމަށް އާދަމް ނަސީރު އައްޔަނު ކުރީ އިއްޔެ އެވެ.
ނަމަވެސް، ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް ސޯޝަލް މީޑިއާގައި އިއުލާނު ކުރެއްވި ގޮތުގައި އާދަމް ނަސީރު ވަނީ މިހާރު އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާ ދެއްވި ސަބަބު ހާމައެއް ނުކުރެ އެވެ.
ސަރުކާރުގެ ވުޒާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނެވި ބަދަލުތަކާ ގުޅިގެން މިދިޔަ އޭޕްރީލް މަހު ކެބިނެޓުން އިސްތިއުފާ ދެއްވި 10 މިނިސްޓަރުންގެ ތެރޭގައި އާދަމް ނަސީރު ހިމެނިވަޑައިގަންނަވަ އެވެ.