ކުރީގެ މިނިސްޓަރު އާދަމް ނަސީރު، ރައީސް އޮފީހުގެ މުޝީރަކަށް

އާދަމް ނަސީރު، ރައީސް އޮފީހުގެ މުޝީރު ކަމަށް އިއްޔެ އައްޔަނުކޮށްފައިވާކަން ކަށަވަރުވި ނަމަވެސް، އޭނާ އެ މަގާމަށް އައްޔަނު ކުރީ ކޮން ފެންވަރެއްގައި ކަމެއް ޔަގީނެއް ނުވެ އެވެ.

ކުރީގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް --

ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓަރުކަން ކުރެއްވި އާދަމް ނަސީރު އިބްރާހީމް، ރައީސް އޮފީހުގެ މުޝީރު ކަމަށް އައްޔަނު ކޮށްފި އެވެ.

އާދަމް ނަސީރު، ރައީސް އޮފީހުގެ ދިވެހިބަހާއި ސަގާފަތް އަދި ހެރިޓޭޖާ ބެހޭ މުޝީރު ކަމަށް އިއްޔެ އައްޔަނުކޮށްފައިވާކަން ކަށަވަރުވި ނަމަވެސް، އޭނާ އެ މަގާމަށް އައްޔަނު ކުރީ ކޮން ފެންވަރެއްގައި ކަމެއް ޔަގީނެއް ނުވެ އެވެ.

ސަރުކާރުގެ ވުޒާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނެވި ބަދަލުތަކާ ގުޅިގެން މިދިޔަ އޭޕްރީލް މަހު ކެބިނެޓުން އިސްތިއުފާ ދެއްވި 10 މިނިސްޓަރުންގެ ތެރޭގައި އާދަމް ނަސީރު ހިމެނިވަޑައިގަންނަވަ އެވެ.

އާދަމް ނަސީރުގެ އިތުރުން އޭރު އިސްތިއުފާ ދެއްވި އެހެން ބައެއް މިނިސްޓަރުންނަށް ވަނީ ދައުލަތުގެ އިސް މަގާމުތައް ދީފަ އެވެ. އެގޮތުން ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް ވަނީ މިނިސްޓަރު ފެންވަރުގައި ރައީސްގެ ޕޮލިސީ އެންޑް މެނިފެސްޓޯގެ ސެކްރެޓަރީގެ މަގާމަށް އައްޔަނު ކޮށްފަ އެވެ.

އަދި ލޯކަލް ގަވަމެންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާދަމް ޝަރީފް ގަތަރަށް ސަފީރަކަށް އަދި އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ތޯރިގް އިބްރާހީމް ޔޫއޭއީގެ ސަފީރަކަށް އައްޔަނު ކުރަން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.