އުސޫލުގައިވާ ގޮތުގައި، އެ ކޮމިޓީގައި ތިއްބަވާ މެންބަރުންނަކީ ޑިރެކްޓަރު ނުވަތަ އެއަށްވުރެ މަތީ މަގާމެއް އަދާކުރައްވާ މުވައްޒަފުންނަށް ވާން ވާނެ އެވެ.

ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން އައްޔަންކުރާއިރު، ފަސް މެންބަރުންގެ ކޮމިޓީއަކުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ޖެހޭ ގޮތަށް، އެ އިދާރާއިން އުސޫލެއް އެކުލަވާލައިފި އެވެ.
ޕެންޝަން އޮފީހުން ގެޒެޓްކޮށްފައިވާ އުސޫލުގެ މަގުސަދެއް ކަމުގައި ބަޔާންކޮށްފައި ވަނީ އިންސާފުވެރި އަދި ދެފުށް ފެންނަ ގޮތަކަށް ޕެންޝަން އެ ބޯޑަށް މެމްބަރުން އައްޔަންކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ އިތުރުން، އެ މަގާމަށް އައްޔަންކުރާ މީހުންނަކީ ޝަރުތު ފުރިހަމަވާ، ގާބިލު މީހުންކަން ކަށަވަރު ކުރުމެވެ.
އެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ އޮފީހުގެ ބޯޑުގެ މަގާމަށް ނަން ހުށަހަޅައިފައިވާ ފަރާތްތަކުގެ ކިބައިގައި މަގާމުގެ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި، ބޯޑަށް އައްޔަންކުރަން ފެންނަ މީހުންނާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށްޓަކައި ފަސް މެންބަރުންގެ ނޮމިނޭޝަން ކޮމިޓީއެއް އެކުލަވާލަން ޖެހެ އެވެ.
މި ނޮމިނޭޝަން ކޮމެޓީގައި ތިބޭނީ؛
އުސޫލުގައިވާ ގޮތުގައި، އެ ކޮމިޓީގައި ތިއްބަވާ މެންބަރުންނަކީ ޑިރެކްޓަރު ނުވަތަ އެއަށްވުރެ މަތީ މަގާމެއް އަދާކުރައްވާ މުވައްޒަފުންނަށް ވާން ވާނެ އެވެ.
ނޮމިނޭޝަން ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ، ބޯޑު މެންބަރުކަމަށް ކުރިމަތިލައިފައިވާ އަދި ނަން ހުށަހަޅާފައިވާ ފަރާތްތަކުގެ ޝަރުތުތައް ފުރިހަމަވޭތޯ އާއި ތަޖުރިބާ އަދި ގާބިލުކަން ލިބިފައިވޭތޯ ބެލުމެވެ. އަދި އެފަރާތްތަކުގެ ފެންވަރު ވަޒަންކުރާނެ ގޮތް ކަނޑައެޅުންވެސް ހިމެނެ އެވެ.