އީރާން ކުޅުންތެރިންގެ މޭމަތީގައި ޝަހީދުކޮށްލި 168 ކުދިންގެ ހަނދާންތައް

މެކްސިކޯއަށް ދިޔައިރު، އީރާން ޓީމުގައި އެ ގައުމުގެ މިނާބްގައި ހުންނަ ފަށާ ތައުލީމުދޭ ސުކޫލަކަށް ދިން މިސައިލް ހަމަލާގައި މަރުވި ކުދިންގެ ހަނދާން އާކުރުމުގެ ގޮތުން ޚާއްސަ ބެޖެއް ޖަހައިފި އެވެ.

އީރާންގެ ފުޓުބޯޅަ ކުޅުންތެރިއެއް --

އެމެރިކާ- މެކްސިކޯގައި ފަށާ ވޯލްޑް ކަޕަށް ދިޔަ އިރާންގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅުންތެރިން މެކްސިކޯއަށް އެތެރެވިއިރު، #168 މޭމަތީގައި ޖަހާފައިވުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ. 

މެކްސިކޯއަށް ދިޔައިރު، އީރާން ޓީމުގައި އެ ގައުމުގެ މިނާބްގައި ހުންނަ ފަށާ ތައުލީމުދޭ ސުކޫލަކަށް ދިން މިސައިލް ހަމަލާގައި މަރުވި ކުދިންގެ ހަނދާން އާކުރުމުގެ ގޮތުން ޚާއްސަ ބެޖެއް ޖަހައިފި އެވެ. އިރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ކުރީކޮޅު، އެ ބުނާ ސުކޫލަށް ދިން ހަމަލާގައި 168 ކުދިން ޝަހީދުވިއިރު، އިރާންގެ ކުޅުންތެރިން ޖެކެޓްގައި ޖަހާފައިވަނީ އެ އަދަދު ރަމްޒުކޮށްދޭ "#168" ޖަހާފައިވާ ރަންކުލައިގެ ބެޖެކެވެ.

މި ހަމަލާ ދީފައިވަނީ މިއަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހު އިރާންގެ ދެކުނުގައި އޮންނަ މިނާބް ސިޓީގެ ސުކޫލަކަށެވެ. މި ހަމަލާއަކީ އެމެރިކާ އިން ދިން ހަމަލާއެއް ކަމަށް ބެލެވުނު ނަމަވެސް، އެމެރިކާ އާއި އިސްރާއީލުން މިކަމުގެ ޒިންމާ އުފުލާފައެއް ނުވެއެވެ. އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފައިވަނީ އާންމުންނަށް ގަސްތުގައި ހަމަލާ ނުދޭނެ ކަމަށާއި، އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަޗެސް ފަހުން ވަނީ އެމެރިކާގެ ޓޮމަހޯކް މިސައިލެއް އަރާ މަންޒަރު ހާމަވެފަ އެވެ. 

މިއީ މި ހާދިސާއާ ގުޅިގެން އިރާން ޓީމުން އިހުތިޖާޖު ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މި އަހަރުގެ މާރިޗު މަހު ތުރުކީގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގެ ގައުމީ ސަލާމް ކިޔުނު ވަގުތު، ކުޅުންތެރިން ވަނީ ކުޑަކުދިންގެ ދަބަސްތަކެއް ހިފަހައްޓައިގެން ތިބެ މި ހަމަލާއަށް ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ.

އިރާން ޓީމުން ފުރަތަމަ ރާވާފައިވަނީ އެމެރިކާގެ އެރިޒޯނާގައި ކޭމްޕް ކުރުމަށެވެ. ނަމަވެސް އެމެރިކާގެ ރިވޮލިއުޝަނަރީ ގާޑާ ގުޅުންހުރި ބައެއް އޮފިޝަލުންނަށް ވިސާ ނުލިބުމުގެ ސަބަބުން، ޓީމުގެ ބޭސް މެކްސިކޯގެ ޓިހުއާނާ އަށް ވަނީ ބަދަލުކޮށްފަ އެވެ.

އީރާނުން ފުރަތަމަ މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހު އެވެ. އެ ދުވަހު ބައްދަލު ކުރާނީ ނިއުޒިލޭންޑްއާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.