އައިސްމޭން އޮޓްޒީގެ ހަށިގަނޑުން 5300 އަހަރުވީ ދިރޭ ފަނިފަކްސާ ތަކެއް

"މައިކްރޯބަޔޯމް" ޖާނަލްގައި ޝާއިރުކޮށްފައިވާ މި ދިރާސާގައި އޮޓްޒީގެ ހަށިގަނޑުގެ އެތެރެއާއި ބޭރުން ނެގި ޑީއެންއޭ ސާމްޕަލްތަކުން ވަނީ ފަންގަސްގެ ބައެއް ބާވަތްތައް ހޯދާފައެވެ.

މީގެ 5,300 އަހަރު ކުރިން ދިރިއުޅުނު ކަމަށް ސައިންސްވެރިން ބުނާ "އޮޓްޒީ ދަ އައިސްމޭން -- ސީއެންއެން ފޮޓޯ

މީގެ 5,300 އަހަރު ކުރިން ދިރިއުޅުނު އަދި ސައިންސްވެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަޝްހޫރު މަމީ "އޮޓްޒީ ދަ އައިސްމޭން" އަކީ ކުދި ދިރޭ ސޫފިތަކެއް ނުވަތަ މައިކްރޯބްސްތަކެއް ދިރިއުޅޭ "ދިރޭ އިކޯސިސްޓަމް" އެއްކަން އާ ދިރާސާ އަކުން ހާމަވެއްޖެ އެވެ. 

ސައިންސްވެރިންނާ ހަވާލާދީ ސީއެންއެންގައިވާ ގޮތުގައި މީގެ ތެރެއިން ބައެއް ޖަރާސީމުތައް އެތައް ހާސް އަހަރެއް ފަހުން ވެސް އަދިވެސް ހުރީ ދިރި އެވެ.

"މައިކްރޯބަޔޯމް" ޖާނަލްގައި ޝާއިރުކޮށްފައިވާ މި ދިރާސާގައި އޮޓްޒީގެ ހަށިގަނޑުގެ އެތެރެއާއި ބޭރުން ނެގި ޑީއެންއޭ ސާމްޕަލްތަކުން ވަނީ ފަންގަސްގެ ބައެއް ބާވަތްތައް ހޯދާފައެވެ. މި ފަންގަސްތަކަކީ އޭނާ މަރުވި ފިނި ފަރުބަދަމަތީގެ މާހައުލުން ހަށިގަނޑަށް ފެތުރި، ހަށިގަނޑާއެކު ގަނޑުވެފައިވާ ތަކެއްޗެވެ. ފިންޏަށް ކެތްކުރުމުގެ ގުދުރަތީ ބާރު ލިބިފައިވާ މި ފަންގަސްތައް ހުރީ ނިދާފައިވާ ހާލަތެއްގަ އެވެ. ނަމަވެސް އެއީ މަރުވެފައިވާ އެއްޗެހި ނޫން ކަމަށާއި، އަދިވެސް އަލުން ދިރުން ލިބުމުގެ ގާބިލުކަން އެތަކެތީގައި ހުރިކަން ސައިންސްވެރިން ފާހަގަކުރެ އެވެ.

ދިރާސާވެރިން ބުނާ ގޮތުގައި މީގެ ތެރެއިން ބައެއް މައިކްރޯބްސްތައް މަމީގެ ހަށިގަނޑުގައި ހުރި ކުދިކުދި ތެތްކަން އެކުލެވޭ ތަންތަނުގައި މަޑުމަޑުން އިތުރުވަމުންދާކަމުގެ ނިޝާންތައް ފެނެ އެވެ.

އިޓަލީގެ 'އިއުރެކް ރިސާޗް' ގެ ސީނިއާ ސައިންސްވެރިއެއް ކަމަށްވާ ފްރޭންކް މައިކްސްނާ ވިދާޅުވި ގޮތުގައި މި ޖަރާސީމުތަކުގެ ސަބަބުން ސިނާއީ އިންގިލާބުގެ ކުރިން އިންސާނުންގެ ބަނޑާއި ގޮހޮރުގެ ނިޒާމު ހުރިގޮތުގެ އަގުހުރި މައުލޫމާތުތަކެއް ލިބިގެންދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.