އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައި ރަމީޒް ވަނީ ނިޔާވެފަ އެވެ.

އައްޑޫގެ ހިތަދޫގައި މިދިޔަ ހަފްތާގައި ދެ ސައިކަލެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހާ ނިޔާވެއްޖެ އެވެ.
މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ އެ އެކްސިޑެންޓު ހިނގީ ހިތަދޫ ބޮޑު ބޮޑުމަގުން ބާރު ސްޕީޑުގައި ނުބައި ފަޅިން ދިޔަ ސައިކަލެއް އެ ދިމާލުން މަޑުން ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ، މަޑުން ސައިކަލު ދުއްވާފައި ދިޔަ ހިތަދު އަށް އުފަން ރަމީޒް އަބްދުﷲ އަށެވެ.
އޭނާގެ ބޮލަށް ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާ ދިނުމަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ދިޔައީ ފަރުވާ ދެމުންނެވެ.
އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައި ރަމީޒް ވަނީ ނިޔާވެފަ އެވެ.