މި ސަރުކާރުގައި ޒަމީރު އެންމެ ފުރަތަމަ ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގަ އެވެ. އޭގެ ފަހުން ސެޕްޓެމްބަރު 30، 2024 ގައި އޭނާ ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި އެވެ.

ޒަމީރު އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން ރަސްމީކޮށް އޭނާ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ނަމަވެސް އިސްތިއުފާ ސިޓީ ރަސްމީކޮށް ރައީސަށް ހުށަހަޅާފައިވާ ކަން ވަނީ ކަށަވަރު ވެފަ އެވެ.
މި ސަރުކާރުގައި ޒަމީރު އެންމެ ފުރަތަމަ ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގަ އެވެ. އޭގެ ފަހުން ސެޕްޓެމްބަރު 30، 2024 ގައި އޭނާ ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި އެވެ.
މީގެ އިތުރުން މެދުއިރުމަތީގައި ހިނގާ ހަނގުރާމަ އާ ގުޅިގެން ސަރުކާރުން އުފެއްދި ކްރައިސިސް ކޮމިޓީގައި ވެސް އިސްކޮށް ހުންނެވީ ޒަމީރެވެ. އަދި ކެބިނެޓުގައި އެންމެ ސީނިއާ ބޭފުޅެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރެއްވި އެވެ.