އާހިދު އެކްސްގައި ހިއްސާކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޕްރޯއެކްޓިވް ޑިސްކްލޯޝާގެ އެވްރެޖު 100 ޕަސެންޓު ރައީސް އޮފީހާއި މި ސަރުކާރުގެ 16 މިނިސްޓްރީއަކުން މިހާރު ހާސިލުކޮށްފައިވެ އެވެ.

އަމިއްލައަށް އިސްވެ ސަރުކާރުން އާންމުކުރަންޖެހޭ މައުލޫމާތުތައް، ފުރަތަމަ ފަހަރަށް ހުރިހާ މިނިސްޓްރީއަކުން ފުރިހަމަކޮށްފައިވާކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވެއްޖެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ޕްރޯއެކްޓިވް ޑިސްކްލޯޝާ"ގެ ގޮތުން މިނިސްޓްރީތަކުގެ ވެބްސައިޓުގައި އާންމުކޮށްފައި ހުންނަންޖެހޭ ހުރިހާ މައުލޫމާތުތައް ގިނަ މިނިސްޓްރީތަކުން މިހާތަނަށް ހުރީ ފުރިހަމަނުކޮށެވެ.
އާހިދު އެކްސްގައި ހިއްސާކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޕްރޯއެކްޓިވް ޑިސްކްލޯޝާގެ އެވްރެޖު 100 ޕަސެންޓު ރައީސް އޮފީހާއި މި ސަރުކާރުގެ 16 މިނިސްޓްރީއަކުން މިހާރު ހާސިލުކޮށްފައިވެ އެވެ.
މީގެ ކުރިން އެ އެވްރެޖު ހުރީ 34 ޕަސެންޓުގަ އެވެ.
އާހިދު ވިދާޅުވި ގޮތުގައި، ކޮމްޕްލަޔަންސްގެ މަސައްކަތަކީ މާ ޝަރަފުވެރި ނުވަތަ ފާހަގަކޮށްލެވޭ މަސައްކަތަކަށް ނުވިޔަސް، މިއީ ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ.
މި ލަނޑުދަނޑިއަށް ވާސިލުވުމަކީ ފެށުމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.