ޝިފާންގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރީ އާރިފް

ފުލުހުން ބުނީ ޝިފާންގެ ބަދަލުގައި އެ މަގާމަށް އައްޔަން ކޮށްފައި ވަނީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އާރިފް ކަމަށެވެ.
"މި ބަދަލާއެކު މީޑިއާތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި މުއައްސަސާގެ ފަރާތުން އާންމުންނާ ކުރާ މުއާމަލާތްތަކުގައި އެންމެ އިސްކޮށް ދެން ހަރަކާތްތެރިވާނީ ސުޕްރިޓެންޑެންޓް އާރިފް." ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.
ޝިފާން މަގާމުން ވަކިކޮށްފައި ވަނީ އޭނާ ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ އަށް މިދިޔަ އަހަރު ހުށަހަޅާފައި ވަނިކޮށެވެ.
ޝިފާން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.