ސަރުކާރުގެ މަސް ކުންފުނިން 18.50ރ. އަށް މަސް ގަންނަން ފަށާފައި މިވަނީ ބާޒާރުގެ އަގަށް ނުބަލައި ކުރީ ސަރުކާރުން 25ރ. އަށް މަސް ކިލޯއެއް އަގު ބަދަލު ކުރިފަހުން މި އަގުގައި މަސް ގަންނަން ފެށި ފުރަތަމަ ފަހަރެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު 18.50 ރުފިޔާ އަށް ބޮޑުކޮށްފި އެވެ.
ސަރުކާރުގެ މަސް ކުންފުނިން 18.50ރ. އަށް މަސް ގަންނަން ފަށާފައި މިވަނީ ބާޒާރުގެ އަގަށް ނުބަލައި ކުރީ ސަރުކާރުން 25ރ. އަށް މަސް ކިލޯއެއް އަގު ބަދަލު ކުރިފަހުން މި އަގުގައި މަސް ގަންނަން ފެށި ފުރަތަމަ ފަހަރެވެ.
މިފްކޯއިން މިހާތަނަށް މަސް ގަންނަމުން ދިޔައީ މަސް ކިލޯއެއް 17ރ. އަށެވެ.
މިދިޔަ މެއި މަހު ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ކަންނެއްޔާއި ކަޅުބިލަ މަސް ހިމަނައިގެން 1،791 ޓަނުގެ މަސް ކިރުވިއިރު މަސްވެރިންނަށް 31 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. މިފްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރަސްމީ ހިސާބުތަކަށް ބަލާއިރު ނިމުނު މޭ މަހު އެކުންފުނިން ވަނީ ޖުމްލަ 1,791.0 ޓަނުގެ މަސް ކިރުވާފައިވެ އެވެ. އަދި މި މަހަށްވާ ފައިސާގެ ގޮތުގައި ޖުމްލަ 31,081,853.00 ރުފިޔާ (31 މިލިއަނަށްވުރެ ގިނަ ރުފިޔާ) މަސްވެރިންނަށް ވަނީ ދޫކޮށްފަ އެވެ. މި މުއްދަތުގައި ޖުމްލަ 693 ދޯންޏަކުން މިފްކޯ އަށް މަސް ކިރުވާފައިވެ އެވެ.