ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން ކ.އަތޮޅުގައި އެކަނ 414,433 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ 45.49 ޕަސެންޓެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ 45% ޗުއްޓީ ހޭދަކޮށްފައިވަނީ މާލެ އަތޮޅުގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ ތިންވަނަ ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 911,094 ޒިޔާރަތްކޮށްފި އެވެ. މި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ ކ. އަތޮޅަށެވެ. އެގޮތުން ކ.އަތޮޅަށް އެކަނި ވެސް 414,433 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ 45.49 ޕަސެންޓެވެ.
މި ތަފާސް ހިސާބުތަކަށް ބަލާއިރު ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ދިޔައީ އަލިފު ދާލު އަތޮޅަށެވެ. އެ އަތޮޅަށް 80,468 ޓޫރިސްޓުން ގޮސްފައިވާއިރު، ތިންވަނައިގައި އޮތް ރާ އަތޮޅަށް 72,195 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އަދި އއ. އަތޮޅަށް 69,637 ޓޫރިސްޓުން ވަނީ ގޮސްފަ އެވެ.
އަތޮޅުތަކުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ރެޖިސްޓްރީކޮށްފައިވާ އެނދުގެ ޖުމްލަ އަދަދު މިހާރު ވަނީ 64,065 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 44,977 އެނދާއި ގެސްޓްހައުސްތަކުގެ 16,434 އެނދުގެ އިތުރުން ހޮޓާތަކުގެ 2,654 އެނދެވެ. އެނދުގެ ގޮތުންނާއި ޓޫރިސްޓުން ޒިޔާރަތްކުރި އަދަދަށް ބަލާއިރު ވެސް އެންމެ ކުރީގައި އުޅެނީ ކ. އަތޮޅެވެ. ކ. އަތޮޅުގައި ޖުމްލަ 25,040 އެނދު އޮޕަރޭޓްކުރަމުންދެ އެވެ.
ގެސްޓްހައުސް ވިޔަފާރީގައިވެސް އެންމެ ފުޅާދާއިރާއެއްގައި އެނދު ހުރީ ކ. އަތޮޅުގަ އެވެ. އެއީ 7,878 އެނދެވެ. ދެވަނަ އަށް އެންމެ ގިނަ ގެސްޓްހައުސް އެނދު ހުރީ އދ. އަތޮޅު (1,848 އެނދު) އަދި އއ. އަތޮޅު (2,258 އެނދު) ގައެވެ. ބ. އަތޮޅަކީ ވެސް 1,342 އެނދާއެކު ގެސްޓްހައުސް ވިޔަފާރި ފާހަގަކޮށްލެވޭ މިންވަރަކަށް ކުރި އަރަމުން އަންނަ އަތޮޅެކެވެ.
އެންމެ ގިނަ ގެސްޓްހައުސް އެނދު ހުރީ ކ. އަތޮޅުގަ އެވެ. މި އަތޮޅުގައި 7,878 އެނދު އެބަހުއްޓެވެ. އަދި އއ. 2,258 އެނދު އެބަހުއްޓެވެ. އަދި އދ. އަތޮޅުގައި 1,848 އެނދު ހުރި ކަމަށް ދައްކަ އެވެ/
މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ސ. އަތޮޅަށް 8,729 ޓޫރިސްޓުން އަދި ފުވައްމުލަކަށް (ޏ. އަތޮޅު) 4,501 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. ފުވައްމުލަކުގައި 386 އެނދު ހުރި ކަމަށް ދައްކަ އެވެ.