މި ހާދިސާގައި ނިޔާވެފައި ވަނީ ގައްދޫ، އޭޝިއާ، އިސްހާގު ރަޝީދު 44، އެވެ.

މަސްދޯންޏެއްގައި ގދ. ގައްދޫ ކައިރިއަށް މަހަށް ގޮސް އުޅެނިކޮށް މީހަކު ގެއްލިގެން ހޯދަނިކޮށް މޫދު އަޑިން ފެނެއްޖެ އެވެ.
ފުލުހުން ބުނީ އެމީހާ ގެއްލިފައިވާ ކަމުގެ ރިޕޯޓު ލިބުނީ ފަތިހު 5:40 ހާއިރު ކަމަށެވެ.
އޭނާ ހޯދުމަށް ކުރި މަސައްކަތުން، މޫދު އަޑީގައި އޮއްވާ ފެނިގެން މިހާރު ގދ. ގައްދޫއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"މީހާ ގދ. ގައްދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދޭ،" ފުލުހުން ބުންޏެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ ގައްދޫ، އޭޝިއާ، އިސްހާގު ރަޝީދު 44، އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އިސްހާގު މޫދަށް ފޭބީ އެންދަމާށެވެ. އެފަހުން އޭނާ ނުފެނިގެން އެ ދޯނިން ފުލުހަށް ރިޕޯޓު ކުރީ އެވެ.