ފައިނޭޝަލް ސެންޓަރު މަޝްރޫއު ނުހުއްޓޭ، ސްކޯޕަށް ބަދަލު ގެންނަނީ

އެ މަޝްރޫއު އާ ގުޅޭގޮތުން މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، މަޝްރޫއު ކުރިއަށް ގެންދާ ކުންފުނިން މަޝްރޫއުގެ ސްކޯޕަށް ބަދަލެއް ގެނެސްފައިވާ ކަމަށެވެ.

އެމްއައިއެފްސީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު. --ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ތަރައްގީކުރުމުގެ މަޝްރޫއު ނުހުއްޓޭނެ ކަމަށާއި، ނަމަވެސް އެ މަޝްރޫއުގެ ސްކޯޕަށް ބަދަލެއް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ. 

މިދިޔަ އަހަރުގެ ކުރީކޮޅު ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ގުޅިގެން ފެށި އެމްއައިއެފްސީ އަކީ، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ދިވެހިރާއްޖޭގެ އިގްތިސާދު ތަފާތު ދާއިރާތަކަށް ފުޅާކުރުމަށްޓަކައި 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ހިމެނޭ ތާރީހީ މަޝްރޫއެކެވެ.

އެ މަޝްރޫއު އާ ގުޅޭގޮތުން މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، މަޝްރޫއު ކުރިއަށް ގެންދާ ކުންފުނިން މަޝްރޫއުގެ ސްކޯޕަށް ބަދަލެއް ގެނެސްފައިވާ ކަމަށެވެ.

"އެ ބޭފުޅުންގެ މަސައްކަތުގެ ސްކޯޕަށް ބަދަލެއް ގެންނެވި ކަމަށް ވަނީ. އޭގެ މާނައަކީ އެ ބޭފުޅުން ފުރަތަމަ މަޝްރޫއު ހުށަހެޅުއްވިއިރު ގެންގުޅުއްވި ސްކޯޕަށް އެ ބޭފުޅުން އަމިއްލައަށް ބޭނުންފުޅުވެގެން ހުށަހަޅުއްވައިގެން ކަމާބެހޭ ފަރާތްތަކުން ރިވައިސްޑް ސްކޯޕްގެ ފީޒިބިލިޓީ އާއި އެޕްރޫވަލްސް ކުރިއަށް އެ ދަނީ،" އޭނާ ވިދާޅުވި އެވެ.

މުޅިން ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ފަރުމާކޮށްފައިވާ މާލީ މިނިވަން މަންޒިލެއްގެ ގޮތުގައި، އެމް.އައި.އެފް.ސީ.ގެ މަގްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ދިވެހި އިގްތިސާދު ތަފާތު ދާއިރާތަކަށް ފުޅާކުރުމަށްޓަކައި، ދުނިޔޭގެ މާލީ އިދާރާތަކާއި، ފިންޓެކްގެ އީޖާދުތަކާއި، އަދި ޑިޖިޓަލް ދާއިރާގެ ހުނަރުވެރިން ރާއްޖެއަށް ގެނައުމެވެ. 780،000 އަކަ މީޓަރުގެ ސަރަހައްދެއްގައި ތަރައްގީކުރާ މި މަޝްރޫއުގެ ތެރޭގައި، ޒަމާނީ ފެންވަރުގެ ކޮންފަރެންސް ސެންޓަރަކާއި، ފާހަގަކޮށްލެވޭ ފަދަ ތިން މިކްސްޑް-ޔޫސް ޓަވަރާއި، ބައިނަލްއަގްވާމީ ހޮޓާތަކާއި، ބްރޭންޑެޑް ރެސިޑެންސްތަކާއި، ފިހާރަތަކާއި، އޯޝަނޮގްރަފިކް މިއުޒިއަމަކާއި، މިސްކިތަކާއި، އަދި އިންޓަރނޭޝަނަލް ސްކޫލެއް ހިމެނޭނެއެވެ. ދެމެހެއްޓެނިވިކަން އަސާސަކަށް ބަލައިގެން ބިނާކުރާ އެމް.އައި.އެފް.ސީ. ހިންގާނީ މުޅިންވެސް އިއާދަކުރުވަނިވި ހަކަތައިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.