އިލެކްޝަން ކޮމިޝަން (އީސީ) އިން އިންތިހާބުގެ ވަގުތީ ނަތީޖާ ހާމަކޮށްފައި ނުވި ނަމަވެސް، އެންމެ ފޮއްޓެއް ފިޔަވައި ހުރިހާ ފޮއްޓަކު ކުރި ހޯއްވާފައި ވަނީ ސޯބެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން، އެމްޑީޕީގެ ކެނޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރައްވައިފި އެވެ.
މަޖިލީހުގެ ހިތަދޫ އިތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް އޮތް ސާބިތު ދަރަންޏެއް ދައްކާފައި ނުވާތީ، އޭނާގެ މަޖިލީސް ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.
އެހެންކަމުން މިއަދު ބޭއްވި އެ ދާއިރާގެ ބައި-އިލެކްޝަންގައި ސޯބެއާ ވާދަކުރެއްވީ ޕީއެންސީގެ ފަރާތުން ނުކުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން އިންތިހާބުގެ ވަގުތީ ނަތީޖާ ހާމަކޮށްފައި ނުވި ނަމަވެސް، އެންމެ ފޮއްޓެއް ފިޔަވައި ހުރިހާ ފޮއްޓަކު ކުރި ހޯއްވާފައި ވަނީ ސޯބެ އެވެ. އެގޮތުން ސޮޑާ ކުރި ހޯދާފައި ވަނީ ފަސް ވޯޓުގެ ތަފާތުން މާލޭގައި ބަހައްޓާފައި ހުރި ދެ ފޮށީގެ ތެރެއިން އެއް ފޮށިންނެވެ.
ސޯބެއަށް ލިބިވަޑައިގަތް ކާމިޔާބީއާއެކު އައްޑޫ ސިޓީގައި މިހާރު ދަނީ އުފާފާޅު ކުރަމުންނެވެ.