ބައިި-އިލެކްޝަންގައި ވޯޓުލާން ނުކުތް މީހުން މަދުކަމުން ވޯޓުލެވޭ ވަގުތު އިތުރުކޮށްފި

ހިތަދޫ އުތުރު ދާއިރާގެ ވޯޓުލުން ކުރިއަށް ދަނީ -- ފޮޓޯ: އީސީ

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އިތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލާން ނުކުތް މީހުން އަދަދު މަދުކަމުން، ވޯޓުލެވޭ ގަޑި އެއް ގަޑިއިރުން އިތުރުކޮށްފި އެވެ. 

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ހެނދުނު 8:00އިން ހަވީރު 4:00 އާ ހަމައަށް ގެންދަން އޮތީ ހަމަޖެހިފަ އެވެ. 

ނަމަވެސް، މެންދުރުފަހު 3:00އާ ހަމައަށް ވޯޓުލާފައިވަނީ އެންމެ 40 ޕަސެންޓު މީހުން ކަމަށް އީސީން ބުންޏެވެ.

އެހެންކަމުން، މި ބައި-އިލެކްޝަންގައި ވޯޓުލެވޭ ގަޑި އީސީން މިހާރު ވަނީ ހަވީރު 5:00އާ ހަމައަށް އިތުރުކޮށްފަ އެވެ. 

އީސީން އާންމުކޮށްފައިވާ ގޮތުގައި، މި އިންތިހާބުގައި 4،121 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. 

މަޖިލީހުގެ ހިތަދޫ އިތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް އޮތް ސާބިތު ދަރަންޏެއް ދައްކާފައި ނުވާތީ، އޭނާގެ މަޖިލީސް ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.

މި އިންތިހާބުގައި ވާދަކުރަނީ ސަރުކާރުގެ ޓިކެޓުގައި މުހައްމަދު ސައީދާއި އެމްޑީޕީގެ ޓިކެޓުގައި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. ދެ ޕާޓީންވެސް ވަނީ ވަރަށް ފޯރިގަދަ ކެމްޕޭނެއް ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.