ތިމާވެށި ހިމާޔަތް ކުރަން ކޮންމެ އަހަރަކު ގްރީން ފަންޑުން ހަތް މިލިއަން ރުފިޔަ ހަރަދުކުރަން ނިންމައިފި

ރައީސް ވިދާޅުވީ އެއާއެކު، ފާއިތުވި އަހަރުތަކުގައި ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މިހާތަނަށް ގްރީން ފަންޑުން ދީފައިވާ އަހަންމިއްޔަތުކަން، އެއަށްވުރެ ހަރުދަނާވެ، އަދި މަތީ ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.

ރައީސް މުއިއްޒު --ފޮޓޯ: ރައީސް އޮފީސް

ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކޮންމެ އަހަރަކު ގްރީން ފަންޑުން ހަތް މިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ހިތޯބުގައި ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި، އަދި ގައުމުގެ ތަރައްގީއާއެކު ތިމާވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، ލިބޭ ގެއްލުންތައް ކުޑަކޮށް އަދި ވެށި ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޒަމާނުންސުރެ އޮތް އެންމެ ބޮޑު ހުރަހަކީ، އެކަށީގެންވާ މިންވަރަށް މާލީ ވަސީލަތްތައް ނުލިބުން ކަމަށެވެ. އަދި އެކަމަށް ބަޖެޓެއް ވެސް ނެތުން ކަމަށެވެ.

"އެހެންކަމުން މި މަސައްކަތަށް، ކޮންމެ އަހަރަކު ހަތް މިލިއަން ރުފިޔާ، މޯލްޑިވްސް ގްރީން ފަންޑުން ހަރަދުކުރުމަށް އަޅުގަނޑު ވާނީ މިއަދު ނިންމާފައި. މިއީ ކޮންމެ އަހަރަކު އާންމުކޮށް ތިމާވެށީގެ ދާއިރާއަށް ކަނޑައަޅާ ބަޖެޓުގެ އިތުރުން ހަރަދުކުރާނޭ ފައިސާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއާއެކު، ފާއިތުވި އަހަރުތަކުގައި ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މިހާތަނަށް ގްރީން ފަންޑުން ދީފައިވާ އަހަންމިއްޔަތުކަން، އެއަށްވުރެ ހަރުދަނާވެ، އަދި މަތީ ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.

މި ފައިސާ ހަރަދު ކުރާނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަސައްކަތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ގޮތުން އެ ފައިސާ މައިގަނޑު ގޮތެއްގައި ހަރަދުކުރުމަށް ނިންމައިފައިވަނީ ރައީސް ފާހަގަކުރެއްވި ގޮތުގައި؛

  •  ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމަށް
  •  އެފަދަ ތަންތަނަށް ބޭނުންވާ މަރާމާރުގެ މަސައްކަތްތަކަށް
  •  އެތަންތަން މޮނީޓާ ކުރުމަށް
  •  ކޮންސަވޭޝަން މަސައްކަތުގެ ތެރެއިން މަންފާ ހޯދޭނެ މަގުތައް ފަހިކުރުމަށް
  •  މައުލޫމާތު އާންމުކުރުމަށާއި ތިމާވެށީގެ ދިރާސާތައް ކުރުމަށް
  •  އެ ދާއިރާގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް
  •  އެ ދާއިރާގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކާއި، ސްކޫލުތަކުގެ ތިމާވެށި ކްލަބުތަކާ ގުޅިގެން، ތަފާތު ޕުރޮގުރާމުތައް ހިންގައި ގިނަ ބައެއްގެ ބައިވެރިވުން މި މަސައްކަތަށް ގެނައުމަށް

"އަޅުގަނޑުގެ އުއްމީދަކީ، މި ބަދަލާއެކު ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ދުރުރާސްތާގެ މަޝްރޫއުތައް އެކުލަވައިލައި ތަންފީޒުކުރުމަށް މަގު ފަހިވެގެންދިއުން. އަދި މި މަސައްކަތްތަކަކީ، އަޅުގަނޑުމެން އެންމެން ފަހުރުވެރިވާ، އޭގެ ފައިދާ ޒަމާންތަކަށް، މުސްތަގުބަލަށް ލިބިގެންދިއުން،" ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.