ހިތަދޫ އިތުރު ދާއިރާގެ ބައި-އިލެކްޝަން: މިހާތަނަށް 40 ޕަސެންޓް މީހުން ވޯޓު ލައިފި

އީސީއިން ބުނީ މިއަދުގެ 2:00 އާ ހަމައަށް މި އިންތިހާބުގައި 1679 މީހުން ވޯޓު ލާފައިވާ ކަމަށެވެ. އެއީ 860 އަންހެނުންނާއި 819 ފިރިހެނުންނެވެ. ނިސްބަތުން ބަލާނަމަ އެއީ 40.74 ޕަސެންޓެވެ.

ހިތަދޫ އުތުރު ދާއިރާގެ ވޯޓުލުން ކުރިއަށް ދަނީ -- ފޮޓޯ: އީސީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އިތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލެވޭ އާބާދީގެ 40 ޕަސެންޓް މީހުން މިހާތަނަށް ވޯޓު ލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީއިން ބުނީ މިއަދުގެ 2:00 އާ ހަމައަށް މި އިންތިހާބުގައި 1679 މީހުން ވޯޓު ލާފައިވާ ކަމަށެވެ. އެއީ 860 އަންހެނުންނާއި 819 ފިރިހެނުންނެވެ. ނިސްބަތުން ބަލާނަމަ އެއީ 40.74 ޕަސެންޓެވެ.

އީސީން އާންމުކޮށްފައިވާ ގޮތުގައި، މި އިންތިހާބުގައި 4،121 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށް ދާނެ އެވެ.

ހިތަދޫ އުތުރު ދާއިރާގައި ވޯޓުފޮށިތައް ބަހައްޓާފައި ވަނީ ހިތަދޫ ސްކޫލްގަ އެވެ. އަދި މާލޭގައި ދިރިއުޅޭ އެ ދާއިރާގެ މީހުން ވޯޓުލާ ފޮށިތައް ބަހައްޓާފައި ވަނީ ދަރުމަވަންތަ ސްކޫލްގަ އެވެ. 

މަޖިލީހުގެ ހިތަދޫ އިތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް އޮތް ސާބިތު ދަރަންޏެއް ދައްކާފައި ނުވާތީ، އޭނާގެ މަޖިލީސް ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.

މި އިންތިހާބުގައި ވާދަކުރަނީ ސަރުކާރުގެ ޓިކެޓުގައި މުހައްމަދު ސައީދާއި އެމްޑީޕީގެ ޓިކެޓުގައި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. ދެ ޕާޓީންވެސް ވަނީ ވަރަށް ފޯރިގަދަ ކެމްޕޭނެއް ކޮށްފަ އެވެ.

 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.