ވިޒިޓް މޯލްޑިވްސް އަށް މިދިޔަ އަހަރު ސާފު ފައިދާއަށް 16.7 މިލިއަން

މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 16,724,319 ރުފިޔާ އެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 27,490,370 ރުފިޔާގެ ސާފު ފައިދާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.

ބޭންކް އޮފް މޯލްޑިވްސް، ވޭސިން ޕޭ އަދި ވިޒިޓް މޯލްޑިވްސްއިން ރާއްޖެ ޕްރޮމޯޓްކޮށް، ރާއްޖޭގެ ޑިޖިޓަލް އިކޯސިސްޓަމް ވަރުގަދަ ކުރަން މިއަދު ސޮއިކުރަނީ -- ބީއެމްއެލް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 16.7 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ވިޒިޓް މޯލްޑިވްސް އިން އާންމުކޮށްފައިވާ 2025 ވަނަ އަހަރުގެ މާލީ ބަޔާންތަކަށް ބަލާއިރު، މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 16,724,319 ރުފިޔާ އެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 27,490,370 ރުފިޔާގެ ސާފު ފައިދާއާ އަޅާބަލާއިރު ދަށް އަދަދެކެވެ. ފައިދާ ދަށްވި ނަމަވެސް، މިއީ ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ވިޒިޓް މޯލްޑިވްސްގެ އަމިއްލަ އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން 2024 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 22.3 މިލިއަން ރުފިޔާ ލިބުނުއިރު، 2025 ގައި މި އަދަދު ވަނީ 32.5 މިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ އިތުރުން ސަރުކާރުން ދޭ އެހީގެ ގޮތުގައި ދެ އަހަރުވެސް 154.2 މިލިއަން ރުފިޔާ ކުންފުންޏަށް ލިބިފައިވެ އެވެ.

ނަމަވެސް، ރާއްޖެ އިޝްތިހާރު ކުރުމަށާއި ފެއާތަކަށް ހިންގާ ސީދާ ހަރަދުތައް ވަނީ 110.6 މިލިއަން ރުފިޔާ އިން 133.9 މިލިއަން ރުފިޔާ އަށް މަތި ވެފަ އެވެ. އަދި އިދާރީ ހަރަދުތަކުގެ ގޮތުގައި 33.3 މިލިއަން ރުފިޔާ ހިނގާފައިވެ އެވެ.

މާލީ ހިސާބުތައް ދައްކާގޮތުން ވަނަ އަހަރު ނިމުނުއިރު ކުންފުނީގެ ޖުމްލަ އެސެޓްގެ އަގު ހުރީ 1.5 ބިލިއަން ރުފިޔާގަ އެވެ. މީގެ ތެރޭގައި ލީސް އެކުއިޒިޝަންގެ ގޮތުގައި ލިބެންޖެހޭ 1.35 ބިލިއަން ރުފިޔާ ހިމެނެ އެވެ. ކުންފުނީގެ ގެއްލުން ފޫބެއްދުމަށް ކުރާ މަސައްކަތުގެ ދަށުން، ކުރީ އަހަރުތަކުގެ ޖުމްލަ ގެއްލުން ވަނީ 2024 ވަނަ އަހަރު ހުރި 156.5 މިލިއަން ރުފިޔާ އިން 139.8 މިލިއަން ރުފިޔާއަށް ކުޑަކުރެވިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.