އިލެކްޝަންސް ކޮމިޝަން (އީސީ) ބުނީ މިއަދު ހެނދުނު 8:00 ގައި ވޯޓުލާން ފަށާފައިވާ ކަމަށެވެ. އަދި ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށް ދާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ބުނީ މިއަދު ހެނދުނު 8:00 ގައި ވޯޓުލާން ފަށާފައިވާ ކަމަށެވެ. އަދި ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށް ދާނެ ކަމަށެވެ.
ހިތަދޫ އުތުރު ދާއިރާގައި ވޯޓުފޮށިތައް ބަހައްޓާފައި ވަނީ ހިތަދޫ ސްކޫލްގަ އެވެ. އަދި މާލޭގައި ދިރިއުޅޭ އެ ދާއިރާގެ މީހުން ވޯޓުލާ ފޮށިތައް ބަހައްޓާފައި ވަނީ ދަރުމަވަންތަ ސްކޫލްގަ އެވެ.
އީސީން ކުރިން އާންމުކޮށްފައިވާ ގޮތުގައި، މި އިންތިހާބުގައި 4،120 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.
މަޖިލީހުގެ ހިތަދޫ އިތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް އޮތް ސާބިތު ދަރަންޏެއް ދައްކާފައި ނުވާތީ، އޭނާގެ މަޖިލީސް ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.
މި އިންތިހާބުގައި ވާދަކުރަނީ ސަރުކާރުގެ ޓިކެޓުގައި މުހައްމަދު ސައީދާއި އެމްޑީޕީގެ ޓިކެޓުގައި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. ދެ ޕާޓީންވެސް ވަނީ ވަރަށް ފޯރިގަދަ ކެމްޕޭނެއް ކޮށްފަ އެވެ.