މާލެ ވިޔަފާރި ބަނދަރަށް މުދާ ބޭލުން ލަސްވުން ހައްލުކޮށްފި

މިރާއަށް އެނގިފައިވާ ގޮތުގައި މި އަހަރުގެ ކުރީކޮޅުން ފެށިގެން މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުން ލަސްވެ، ކޮލޮމްބޯ ޕޯޓުން މުދާ ގެންނަން ދިމާވި މައްސަލަ އެމްޕީއެލްއިން ހައްލު ކޮށްވަނީ އާއްމު އުސޫލުން މި މަސައްކަތް ފެށިފަ އެވެ.

މާލެ ވިޔަފާރި ބަނދަރަށް މުދާ ބާލަން ބޯޓެއް ބަނދަރުކޮށްފަ -- އެމްޕީއެލް

މި އަހަރުގެ ކުރީކޮޅުން ފެށިގެން މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުން ލަސްވެ، ކޮލޮމްބޯ ޕޯޓުން މުދާ ގެންނަން ދިމާވި ދަތިތައް ހައްލުކޮށްފި އެވެ. 

މިރާއަށް އެނގިފައިވާ ގޮތުގައި މި އަހަރުގެ ކުރީކޮޅުން ފެށިގެން މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުން ލަސްވެ، ކޮލޮމްބޯ ޕޯޓުން މުދާ ގެންނަން ދިމާވި މައްސަލަ އެމްޕީއެލްއިން ހައްލު ކޮށްވަނީ އާއްމު އުސޫލުން މި މަސައްކަތް ފެށިފަ އެވެ. މި ދަތިތައް ކުރިމަތިވި އެއް ސަބަބަކީ ހަނގުރާމައިގެ ސަބަބުން ކޮލަމްބޯ ޕޯޓުގައި ބޯޓުތައް ތޮއްޖެހުން ބޮޑުވުމެވެ. އަދި އެ ވަގުތު ޕޯޓުގައި މި އޮޕަރޭޝަނަށް ވަނީ ގިނަ ދަތިތަކާ ކުރިމަތިވި އެވެ. 

މާލޭ ވިޔަފާރި ބަނދަރަކީ ރާއްޖެއަށް އެތެރެކުރާ މުދަލުގެ ނިސްބަތަށް ބަލާއިރު ޖާގައިގެ ގޮތުން ނުހަނު ކުޑަ ތަނެކެވެ. ކޮންޓޭނަރުތައް ބަހައްޓާނެ ޖާގައާއި، ބޯޓު ފަހަރު ކައިރިކުރާނެ ސަރަހައްދު ކުޑަވުމަކީ އެންމެ ބޮޑު އެއް މައްސަލައެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ތިލަފުށީ ބަނދަރު މަޝްރޫއު ސަރުކާރުން ވަނީ ފަށާފަ އެވެ. އަދި މާލޭ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ގުޅީފަޅު ނުވަތަ ތިލަފުށި ސަރަހައްދަށް ބަދަލުކުރުމެވެ. މި މަޝްރޫއު ނިމުމުން ޒަމާނީ ވަސީލަތްތަކާއެކު މުދާ ބޭލުމުގެ ދުވެލި ވަރަށް ބޮޑަށް އަވަސްވެގެންދާނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.