އެފްޑީސީގެ ހައުސިން ޔުނިޓްތަކަކީ އާއިލާތަކުގެ ދިރިއުޅުމަށް ހާއްސަކޮށް ދޫކޮށްފައިވާ ތަންތަން ކަމަށާއި ވިޔަފާރީގެ އުސޫލުން ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދޫކުރުމަކީ އެ ކޯޕަރޭޝަނާ އެކު ވެފައިވާ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާކޮށްފި އެވެ.
އެފްޑީސީން އިމާރާތްކޮށްފައިވާ 4،000 ފްލެޓުތަކުގެ ތެރެއިން ބައެއް ފްލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދޫކުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.
އެކަން ހުއްޓުވަން، ފްލެޓު ލިބިފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެފްޑީސީން ވަނީ ތަކުރާރުކޮށްދީފަ އެވެ.
މިރާއަށް އެނގިފައިވާ ގޮތުގައި، ފަހިދިރިއުޅުމުގެ ފްލެޓެއް ކުއްޔަށް ދޫކުރި މީހަކު ވަނީ ޖޫރިމަނާކޮށްފަ އެވެ.
އަދި އެ ގޮތަށް ފްލެޓު ކުއްޔަށް ދޫކުރި އިތުރު ތިން މީހަކަށް ލިޔުމުން ވަނީ އިންޒާރު ދީފަ އެވެ.
ނަމަވެސް، ޖޫރިމަނާ ކުރި އަދަދެއް ސާފެއް ނޫނެވެ.
އެފްޑީސީގެ ހައުސިން ޔުނިޓްތަކަކީ އާއިލާތަކުގެ ދިރިއުޅުމަށް ހާއްސަކޮށް ދޫކޮށްފައިވާ ތަންތަން ކަމަށާއި ވިޔަފާރީގެ އުސޫލުން ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދޫކުރުމަކީ އެ ކޯޕަރޭޝަނާ އެކު ވެފައިވާ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް އެ ކޯޕަރޭޝަނުން މީގެކުރިން ވެސް ބުނެފައިވެ އެވެ.