އެމްއެމްއޭ އިން މިކަން ހާމަކޮށްފައިވަނީ ފައިނޭންޝަލް އެކްސްޕޯއަށް ހާއްސަކޮށްފައިވާ މީސްމީޑިއާގެ މަންސަތަކުގަ އެވެ. މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 އިން 4 އަށް ސެންޓްރަލް ޕާކުގަ އެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026ގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު މިމަހުގެ ހަ ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފި އެވެ.
އެމްއެމްއޭ އިން މިކަން ހާމަކޮށްފައިވަނީ ފައިނޭންޝަލް އެކްސްޕޯއަށް ހާއްސަކޮށްފައިވާ މީސްމީޑިއާގެ މަންސަތަކުގަ އެވެ. މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 އިން 4 އަށް ސެންޓްރަލް ޕާކުގައެވެ.
އެމްއެމްއޭގެ ފައިނޭންޝަލް އެކްސްޕޯއަކީ މާލީ ހިދުމަތްދޭ ގިނަ ބަޔަކާ އެއްތަނަކުން ބައްދަލުވެ މައުލޫމާތު ލިބިގަނެވޭނެ މަގުފަހިކުރުމަށާއި މާލީ ކަންކަމަށް އާންމުން ހޭލުންތެރިކުރުމަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި އަހަރުގެ އެކްސްޕޯގައި ވެސް މާލީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އާ ޚިދުމަތްތަކާއި ޕްރޮގްރާމްތައް އިފްތިތާހުކުރާނެ އެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެމްއެމްއޭ އިން ފައިނޭންޝަލް އެކްސްޕޯ ކުރިއަށް ގެންދިޔަ އެވެ.