ޝަހީދަކީ ހުސްނުއްސުއޫދުގެ އިސްތިއުފާ ދެއްވުމުން ސުޕްރީމް ކޯޓަށް އައްޔަން ކުރި ފަނޑިޔާރު

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދު އައްޔަން ކޮށްފި އެވެ.
ޖޭއެސްސީން ސޯޝަލް މީޑިއާގައި އިއްޔެ ކުރި ޕޯސްޓެއްގައި ވަނީ އެ ކޮމިޝަންގެ ނައިބުގެ މަގާމަށް ޝަހީދު ހޮވިވަޑައިގެންނެވި ކަން އިއުލާން ކޮށް އޭނާ އަށް މަރުހަބާ ކިޔައިފަ އެވެ.
ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމު ހުސްވީއެ މަގާމުގައި ހުންނެވި ޔަޒުމީދު މުހައްމަދު އިސްތިއުފާ ދެއްވުމުންނެވެ. އޭނާއަކީ ރައިސުލްޖުމްހޫރިއްޔާގެ ފަރާތުން ޖޭއެސްސީގައި ހުންނެވި މެންބަރެވެ.
ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރީ ސިޔާސީ ޕާޓީތަކުން މެންބަރުން ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަމުން ދަނިކޮށް ސަސްޕެންޑު ކުރުމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދުގެ ބަދަލުގަ އެވެ.