އީސީ އިން މިއަދު ބުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގެ މަތުން، ސިޔާސީ ޕާޓީއެއް ދެމި އޮތުމަށް ލާޒިމުވާ 3000 މެންބަރުން ހަމަކުރަން ދިން މުއްދަތުގައި، އެ އަދަދަށް ދަ ޑިމޮކްރެޓްސް މެންބަރުން ހަމަކޮށްފައި ނުވާ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީ އުވާލައިފި އެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ބުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގެ މަތުން، ސިޔާސީ ޕާޓީއެއް ދެމި އޮތުމަށް ލާޒިމުވާ 3000 މެންބަރުން ހަމަކުރަން ދިން މުއްދަތުގައި، އެ އަދަދަށް މެންބަރުން ހަމަކޮށްފައި ނުވާތީ ދަ ޑިމޮކްރެޓްސް ޕާޓީ އުވާލަން ނިންމާފައިވާ ކަމަށެވެ.
ހަމަ އެ ސަބަބާހުރެ، ގާނޫނީ ވަކީލް އަބްދުﷲ ހަސީން އުފައްދަވާފައިވާ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލަން ނިންމާފައިވާ ކަމަށްވެސް އީސީން ބުނެފައިވެ އެވެ.
ޑިމޮކްރެޓްސްއަކީ އެމްޑީޕީތެރޭގައި އުފެދުނު ހަމަނުޖެހުމާއެކު ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން އުފެއްދެވި ޕާޓީ އެކެވެ.
ނަމަވެސް ރައީސް ނަޝީދާއި އެމްޑީޕީން ވަކިވި ގިނަ މެންބަރުން މިހާރު ވަނީ އެނބުރި އެމްޑީޕީއާ ގުޅިފަ އެވެ.
ޑިމޮކްރެޓްސްއިން ވަނީ މިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވެސް ވާދަކޮށްފަ އެވެ. ނަމަވެސް ކާމިޔާބެއް ނުލިބެ އެވެ.