އިބޫ ފަޅީގައި ހުންނެވި ރޮޒެއިނާ ނަޝީދު ފަހަތަށް

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދަށް ތާއީދު ކުރަން ރޮޒެއިނާ ނިންމެވި އިރު އެމްޑީޕީގެ ދެބައިވުންތަކުގެ ތެރޭގައި އޭނާ މީގެ ކުރިން ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅީގަ އެވެ.

ނަޝީދާއި ރޮޒެއިނާ--

އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ މިހާރުގެ ރައީސް ރޮޒެއިނާ އާދަމް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރަން ނިންމަވައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދަށް ތާއީދު ކުރަން ރޮޒެއިނާ ނިންމެވި އިރު އެމްޑީޕީގެ ދެބައިވުންތަކުގެ ތެރޭގައި އޭނާ މީގެ ކުރިން ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅީގަ އެވެ.

އެގޮތުން 19 ވަނަ މަޖިލީހުގައި އަދި 2023 ގައި ނަޝީދު އެމްޑީޕީން ވަކިވުމާ ގުޅިގެން ވެސް ރޮޒެއިނާ ވަނީ ވަރަށް ބޮޑަށް އެމަނިކުފާނަށް ފާޑު ވިދާޅުވެފަ އެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ގެއްލުނު އެންމެ ބޮޑު އެއް ސަބަބަކީ ވެސް ނަޝީދު ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މަރަދޫ-ފޭދޫގައި ނަޝީދުގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ނަޝީދާ ވަކިން ވާދަ ކުރުމުން އެމްޑީޕީ ނާކާމިޔާބުވި ކަމަށާއި ނަމަވެސް އެމަނިކުފާނާ އެކު މިދިޔަ ކައުންސިލް އިންތިހާބަށް ނުކުތުމުން ބޮޑު ކާމިޔާބީއެއް ލިބުނު ކަމަށެވެ.

"ޗެއާޕާސަން އިންތިހާބަކީ ޕާޓީ އަލުން އެކުލަވާލަން ލިބޭ ފުރުސަތެއް. އެންމެން ވެސް ގަބޫލު ކުރާ ހަގީގަތެއް ނަޝީދަކީ ޖޯޝާއި ފޯރި ގެނެސްދެއްވާ ބޭފުޅެއް." ރޮޒެއިނަ ވިދާޅުވި އެވެ.

"މިވަގުތު ނަޝީދު ވަޑައިގަންނަވާފިއްޔާ އަޅުގަނޑަށް ފެންނަނީ މި ޕާޓީން ދުރަށް ޖެހުނު މީހުން އަނބުރާ އައިސް އެކަތިގަނޑަކަށް ހަދައި ދެވޭނެ ކަން." އޭނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވި ގޮތުގައި އެމްޑީޕީ އަށް އަލުން 2028 ގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ވެސް ކާމިޔާބު ކުރެވޭނީ ނަޝީދާއެކު ހުންނަވައިގެންނެވެ.

ރައީސް އިބޫ ވަނީ ޗެއާޕާސަން އިންތިހާބުގައި ނަޝީދާ ވާދަ ކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމަށް ތާއީދު ކުރައްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.