ހައްޖުވެރިން އަންނާތީ އެއާޕޯޓަށް ދިއުމަށް ބަހާއި ފެރީ ބޭނުންކުރަން އިލްތިމާސެއް

"މިކަމުގެ ސަބަބުން އެއާޕޯޓުގެ ޓްރެފިކް އަދި ޕާކިންއަށް ބާރު ބޮޑުވާނެ ކަމަށް ލަފާކުރެވޭތީ، މި ދަވަސްތަކުގައި އެއާޕޯޓަށް ވަޑައިގަންނަވާ ފަރާތްތަކުން ފެރީ ނުވަތަ އެއާޕޯޓުގެ ބަސް ބޭނުންކުރެއްވުމަށް އިލްތިމާސްކުރަން،" އެމްއޭސީއެލް އިން ބުންޏެވެ.

އާރްޓީއެލްގެ ބަހެއް --

ކުރިއަށް އޮތް ދުވަސްތަކުގައި ހައްޖުވެރިން ރާއްޖެ އެނބުރި އަންނާތީ، އެއާޕޯޓަށް ދިއުމަށް ބަހާއި ފެރީ ބޭނުން ކުރުމަށް އެމްއޭސީއެލްއިން އިލްތިމާސްކޮށްފި އެވެ.

އެމްއޭސީއެލް އިން މިއަދު ބުނީ މިއަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު ހައްޖާޖީން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 5 އިން 9 އަށް ކަމަށެވެ.

އެހެންކަމުން އެދުވަސްތަކުގައި ހައްޖާޖީންނާއި އެފަރާތްތައް ބަލައި އަންނަ މީހުންގެ އިތުރުން ގިނަ އަދަދެއްގެ ފަތުރުވެރިން އެއާޕޯޓަށް އަންނާނެކަމަށް ލަފާކުރެވޭތީ، ދަތުރުވެރިން ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

"މިކަމުގެ ސަބަބުން އެއާޕޯޓުގެ ޓްރެފިކް އަދި ޕާކިންއަށް ބާރު ބޮޑުވާނެ ކަމަށް ލަފާކުރެވޭތީ، މި ދަވަސްތަކުގައި އެއާޕޯޓަށް ވަޑައިގަންނަވާ ފަރާތްތަކުން ފެރީ ނުވަތަ އެއާޕޯޓުގެ ބަސް ބޭނުންކުރެއްވުމަށް އިލްތިމާސްކުރަން،" އެމްއޭސީއެލް އިން ބުންޏެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 1019 މީހަކު ހައްޖަށް ދިޔަ އެވެ. އެހެންކަމުން އެއާޕޯޓަށް ވަރަށް ބޮޑަށް ބާރުބޮޑުވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.