ނަމަވެސް އެއީ ޖީސީއީ އޯލެވެލް އިމްތިހާނު ދުވަސްވަރަށްވާތީ އެޕާޓީން ރޭ ބޭއްވި ބައްދަލުވުމެއްގައި ކޮންގްރެސް އަވަސްކުރަން ހުށަހެޅުއްވީ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އޯލެވެލް އިމްތިހާނުގެ ދުވަސްވަރާ ދިމާވާތީ، ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސް އަވަސްކުރަން އެޕާޓީން ނިންމައިފި އެވެ.
ޕީއެންސީގެ ކޮންގްރެސް ބާއްވަން ކުރިން ތާވަލުކޮށްފައި އޮތީ އަންނަ އޮކްޓޯބަރު މަހު އެވެ. ނަމަވެސް އެއީ ޖީސީއީ އޯލެވެލް އިމްތިހާނު ދުވަސްވަރަށްވާތީ އެޕާޓީން ރޭ ބޭއްވި ބައްދަލުވުމެއްގައި ކޮންގްރެސް އަވަސްކުރަން ހުށަހެޅުއްވީ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ޕީއެންސީން ބުނީ ރައީސްގެ އެ ހުށަހެޅުން، ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްވެފައިވާ ކަމަށެވެ.
އެހެންކަމުން ދެން ކޮންގްރެސް ބާއްވާނެ ތާރީހެއް އެ ޕާޓީން ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ޕީއެންސީން ވަނީ ބުނެފަ އެވެ.
މީގެ ކުރިން އެޕާޓީން ބުނެފައި ވަނީ އޮކްޓޯބަރު މަހު ބާއްވާ ކޮންގްރެެސްއާއެކު ޕާޓީގެ ހަރަކާތްތައް މުޅި ރާއްޖޭގައި ފުޅާކޮށް، ޕާޓީގެ އާންމު މެންބަރުންގެ ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ކޮންގްރެސްގެ ކުރިން ޕާޓީގެ ސްޓިއަރިން ކޮމިޓީތައް އެކުލަވައިލައި، ދާއިރާތަކުގެ ރައީސުން އިންތިހާބުކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.