ފުލުހުންގެ އިންޓެލިޖެންސްގެ ނަން ބަދަލުކުރުން ގޯސް: ހަމީދު

ހަމީދު ވަނީ އެ ބަދަލު ގެނައުމާ ގުޅިގެން ދިމާވާނެ ބައެއް މައްސަލަތައް ފާހަގަ ކޮށްފަ އެވެ.

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހަމީދު--ފޮޓޯ: ސަން

ފުލުހުންގެ އިންޓެލިޖެންސްގެ ނަން "ނޭޝަނަލް އިންޓެލިޖެންސް ސާވިސް" އަށް ބަދަލު ކުރުމަކީ ގޯސް ނިންމުމެއް ކަމަށް ކުރީގެ ކޮމިޝަނާ އޮޕް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރެއިން އެއް ބަދަލަކީ އިންޓެލިޖެންސް ޔުނިޓުގެ ނަން ބަދަލު ކުރުމެވެ.  ފުލުހުންގެ އިންޓެލިޖެންސްގެ ނަން ނޭޝަނަލް އިންޓެލިޖެންސް ސާވިސް އަށް ބަދަލު ކުރަން ވެސް ވަނީ ނިންމައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ހަމީދު ވިދާޅުވީ އިންޓެލިޖެންސްގެ ނަން އެގޮތަށް ބަދަލު ކުރުމަކީ ކަންބޮޑުވާން ޖެހޭ އަދި ވަރަށް ގޯސް ނިންމުމެއް ކަމަށެވެ. 

އެއް ސަބަބަކީ ހަމީދު ވިދާޅުވި ގޮތުގައި ފުލުހުންގެ އިންޓެލިޖެންސް އަށް ނޭޝަނަލް އިންޓެލިޖެންސް ސާވިސް ކިޔަން ފެށުމުން ދޭހަވަނީ އެ ޔުނިޓަކީ ރާއްޖޭގެ ސެންޓްރަލް އެޖަންސީ ގޮތުގަ އެވެ. 

ނަމަވެސް ރާއްޖޭގައި ނޭޝަނަލް އިންޓެލިޖެންސް ސާވިސް އެއް ހިންގުމާ ގުޅޭ ގާނޫނެއް ނުވަތަ ނިޒާމެއް ނެތް ކަމަށާއި އެހެންކަމުން ފުލުހުންގެ އިންޓެލިޖެންސް އެފަދަ ގޮތަކަށް ބައްޓަން ކުރުމުން ހުރަސްތަކެއް ދިމާވާނެ ކަމަށް ހަމީދު ވިދާޅުވި އެވެ.

"ފުލުހުންގެ އެތެރޭގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސްގެން ނޭޝަނަލް އިންޓެލިޖެންސް ސާވިސްއެއް ނޫފެއްދޭނެ. އެފަދަ އިދާރާއެއް އުފައްދަން ޖެހޭނީ ގާނޫނާއި ސިޔާސަތާއި މަޝްވަރާ އާއި އަދި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހިންގޭ ޖަވާބުދާރީ ކުރެވޭ ގޮތަކަށް." އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ އިންޓެލިޖެންސްގެ ނަން ބަދަލު ކުރުމުން ބޭރު ފަރާތްތަކަށް ވެސް އެ އޮޅުން އަރާނެ ކަމަށާއި އެތެރޭގެ ވެސް ބައެއް ރިސްކުތައް ކުރިމަތިވެ އޮޅުންތަކެއް އެރުމުގެ ފުރުސަތު އޮތް ކަމަށް ހަމީދު ވިދާޅުވި އެވެ.

އޮނިގަނޑުގެ ކޮމާންޑް ލެވެލްގައި ހިމެނޭ ބައިތައް

  •  އޮފީސް އޮފް ދަ ކޮމިޝަނާ
  •  ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް
  •  ޕްރޮފެޝަނަލް ސްޓެންޑާޑްސް
  •  ނޭޝަނަލް އިންޓެލިޖެންސް ސާވިސް
  •  އިންޓާނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް
  •  ފޮރެންސިކް ސާވިސަސް
  •  ސެންޓްރަލް އިންވެސްޓިގޭޝަންސް
  •  މާލޭ ޕޮލިސް
  •  ހުޅުމާލޭ ޕޮލިސް
  •  ނޮދަން ޕޮލިސް
  •  ސަދަން ޕޮލިސް
  •  ސާވިސް ޑިވެލޮޕްމަންޓް
  •  ސާވިސް ސަޕޯޓް
  •  ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.