ކަސްޓަމްސްއިން ރޭ ބުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައި ވަނީ ރާއްޖެ އެތެރެކުރަން އުޅުނު 941 ގްރާމުގެ މަސްތުވާތަކަތި ކަމަށެވެ.

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން ރޭ ބުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައި ވަނީ ރާއްޖެ އެތެރެކުރަން އުޅުނު 941 ގްރާމުގެ މަސްތުވާތަކަތި ކަމަށެވެ.
ވަގުތީ ތަހުލީލުތަކުން އެތަކެތި މެތަމްފެޓަމިން އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ މަގުމަތީ އަގަކީ 1.8 މިލިއަން ރުފިޔާ ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ.
އެތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.