ހަތަރު މަހުގެ މުސާރަ އާއެކު، ފެނަކައިގެ މުވައްޒަފުންނަށް އަމިއްލައަށް ވަކިވުމުގެ ފުރުސަތު

ފެނަކައިން ނެރެފައިވާ އިންޓާނަލް މެމޯއެއްގައިވާ ގޮތުން އަމިއްލައަށް އެދިގެން އެ ކުންފުނިން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދޭނެ އެވެ.

ފެނަކަ އައްޑޫ ބްރާންޗުގެ އިންޖީނުގޭގައި މުވައްޒަފުން މަސައްކަތް ކުރަނީ --

ފެނަކަ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކޮށް، ހިންގުމުގެ ހަރަދު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ ކުންފުނީގައި ތިބި މުވައްޒަފުންގެ ތެރެއިން އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ. 

ފެނަކައިން ނެރެފައިވާ އިންޓާނަލް މެމޯއެއްގައިވާ ގޮތުން އަމިއްލައަށް އެދިގެން އެ ކުންފުނިން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދޭނެ އެވެ.

އެކަމަށް އެދި ހުށަހަޅަން މާދަމާއިން ފެށިގެން މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ހަތަރު މަސްދުވަހުގެ މުސާރައާ އެކު އަމިއްލައަށް ވަކިވުމުގެ ފުރުސަތުގެ އިތުރުން، އާލީ ރިޓަޔާމެންޓް ޕްރޮގްރާމްގެ ދަށުން ރިޓަޔާވުމުގެ ފުރުސަތު ވެސް މެމޯގައި ވާ ގޮތުން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އަތޮޅު ތެރޭގައި ޔުޓިލިޓީގެ ހިދުމަތް ދޭ ފެނަކައިގައި ބޭނުންވާ މިންވަރަށް ވުރެ އެތައް ގުނައެއް އިތުރަށް މުވައްޒަފުން ތިބި ކަމަށް އެ ކުންފުނީގެ އޮޑިޓު ރިޕޯޓުތަކުގައި ވެސް ބުނެފައިވެ އެވެ.

މިގޮތުން، އެކިއެކި އިންތިހާބުތަކާ ދިމާކޮށް، ރަށްރަށުގެ އިންޖީނުގެތަކަށް އެތައް ސަތޭކަ މުވައްޒަފުން، މިދިޔަ އަހަރުތަކުގެ ތެރޭގައި ވައްދާފައިވާކަމަށް ވެސް ބުނެފައިވެ އެވެ.

އެއާ އެކު، ކުންފުންޏަށް ލިބޭ އާމްދަނީ އާ ނުބައްދަލު މިންވަރަށް ހަރަދުތައް އިތުރުވެ، ކުންފުނި ހިންގުމަށްޓަކައި، ދައުލަތުގެ މާލީ އެހީއަށް ބަރޯސާވެފައިވާ މިންވަރު ވަނީ އަހަރުން އަހަރަށް އިތުރުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.