އޭނާ ވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރާއި މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީނާއި މުހައްމަދު ވަހީދު އަދި އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި މުލިއާގޭގައި ހިދުމަތް ކުރައްވައިފަ އެވެ.

ރިޔާސީ ގަނޑުވަރު، މުލީއާގޭގެ މުވައްޒަފެއްގެ ގޮތުގައި، ކުރީގެ ހަ ރައީސުންނަށް ހިދުމަތްކޮށްދެއްވާފައިވާ އިބްރާހިމް ހަލީމް ނިޔާވެއްޖެ އެވެ.
މ. ފަތްކޯނި، ހަލީމް އުމުރުން 76 އަހަރުގައި ނިޔާވެފައި ވަނީ ބަލިވެ އުޅުއްވާތާ ދުވަސްތަކެއް ފަހުން، މިއަދު އެވެ.
އޭނާ ވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރާއި މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީނާއި މުހައްމަދު ވަހީދު އަދި އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި މުލިއާގޭގައި ހިދުމަތް ކުރައްވައިފަ އެވެ.
ހަލީމް ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވަނީ ތައުޒިޔާގެ މެސެޖެއް ފޮނުއްވާފަ އެވެ.
"ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ހާސިލުކުރަައްވައިފައިވާ، މ. ފަތްކޯނި، އިބްރާހީމް ހަލީމް އަވަހާރަވުމުގެ ހިތާމައިގައި އެ އާއިލާއަށް ތައުޒިޔާ ދަންނަވަން. ބައި ގަރުނަށްވުރެ ދިގު މުއްދަތުގެ އިހުލާސްތެރި ހިދުމަތުގެ ބޮޑުބަޔެއް މަރްހުމް އިބްރާހީމް ހަލީމް ހޭދަކުރެއްވީ މުލީއާގޭގަައި،" ރައީސް ވިދާޅުވި އެވެ.
ކުރީގެ ހަ ރައީސުންގެ އަރިހުގައި، ކަމޭހިތުމާއި ފަރުވާތެރިކަމާއެކު ހަލީމް މަސައްކަތް ކޮށްދެއްވާފައިވާކަން ފާހަގަކުރައްވައި، މާތްﷲގެ ތަނަވަސް ރަހުމަތުގައި ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރުހޫމް ލެހެއްޓެވުމަށް ރައީސް ވަނީ ދުއާކުރައްވާފަ އެވެ.