ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 11 އަށް އަރާފައި

މިދިޔަ ހަފްތާ ތެރޭގައި ހިމަބިހި (މީސްލްސް) ގެ އިތުރު ދެ ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގެ ތެރޭގައި އެ ބަލީގެ އިތުރު ދެ ކޭސް ފެނުނީ މާލެ ސަރަހައްދުން ކަމަށެވެ.
އެއާއެކު އެ ބަލި ޖެހުނު މީހުންގެ އަދަދު 11 އަށް އަރާފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ރާއްޖޭގައި ހިމަބިހިން ރައްކާތެރިވުމަށް ދެ ޑޯޒް ވެކްސިން ޖަހަ އެވެ. ފުރަތަމަ ޑޯޒް ޖަހަނީ ކުއްޖާ އަށް ނުވަ މަހުގަ އެވެ. ދެވަނަ ޑޯޒް ޖަހަނީ ދޮޅު އަހަރުގަ އެވެ.
އެ ދެ ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރަން އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ.