އާ އޮނިގަނޑުގެ ދަށުން ފުލުހުންގެ ހިދުމަތްތަކާއި ތަހުގީގުގެ ދާއިރާއާއި އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިން އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މަސައްކަތްތައް ވަނީ ކޮމާންޑްތަކެއްގެ ދަށުން ތަރުތީބު ކޮށްފަ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރީ ހިންގުން ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި މުއައްސަސާގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފި އެވެ.
ފުލުހުން ބުނީ އިއްޔެއިން ފެށިގެން އަމަލުކުރަން ފެށި އާ އޮނިގަނޑަކީ ފުލުހުންގެ ހިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކުރުމުގެ މަގުސަދުގައި ގެނެވުނު ބަދަލުތަކެއް ކަމަށެވެ. އާ އޮނިގަނޑާ އެއްގޮތަށް މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
އާ އޮނިގަނޑުގެ ދަށުން ފުލުހުންގެ ހިދުމަތްތަކާއި ތަހުގީގުގެ ދާއިރާއާއި އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިން އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މަސައްކަތްތައް ވަނީ ކޮމާންޑްތަކެއްގެ ދަށުން ތަރުތީބު ކޮށްފަ އެވެ.
އެގޮތުން ކޮމާންޑް ލެވެލްގައި 14 ބައެއް ހިމެނެ އެވެ. އެއީ:
މީގެ ކުރިން އަމަލުރަމުން ގެންދިޔަ އޮނިގަނޑު ބެހިފައިވަނީ 17 ކޮމާންޑެއްގެ މައްޗަށެވެ. އެ އޮނިގަނޑަކީ އޮކްޓޯބަރު 1، 2025 ގައި އަމަލުކުރަން ފެށި އޮނިގަނޑެކެވެ.
ފުލުހުން ބުނީ އާ އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމާއެކު، ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދޭ ފުލުހުންގެ ނިޒާމެއް ގާއިމުކުރުމަށް ކަމަށެވެ.
އަދި ހިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމާއި، ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުމަކީ އާ އޮނިގަނޑެއް އެކުލަވައިލުމުގެ މައިގަނޑު މަގުސަދު ކަމަށްވެސް ފުލުހުން ބުންޏެވެ.