މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ. ނަމަވެސް އެތަނުގައި އަޅާފައި އޮތް ތިން ޑިންގީ ވަނީ އަނދާ އަޅިއަށް ވެފަ އެވެ.

ށ. މިލަންދޫގައި ހުރި ފައިބަރު މަސައްކަތްކުރާ ތަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ފުލުހުން ބުނީ ރޭ ގާތްގަނޑަކަށް 11:00 ގައި ރޯވި އަލިފާންގަނޑު، އާންމުންނާއި ފުލުހުންގެ މަސައްކަތުން ނިއްވާލެވުނީ ދަންވަރު 1:00 ހާއިރު ކަމަށެވެ.
މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ. ނަމަވެސް އެތަނުގައި އަޅާފައި އޮތް ތިން ޑިންގީ ވަނީ އަނދާ އަޅިއަށް ވެފަ އެވެ.
އަދި އެތަނުގައި ޑިންގީ އެޅުމަށް ބޭނުންކުރާ ތައްގަނޑު ތަކެއްގެ އިތުރުން ފައިބަރު މަސައްކަތުގައި ބޭނުންކުރާ ތަކެއްޗަށާއި ތަނަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އަލިފާނުގެ ހާދިސާގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.