މި މަޝްރޫޢުގެ ދަށުން ބަނދަރު ގެ ބޭސިން ހިއްކުމާއ،ި 112 މީޓަރު އެއްގަމު ތޮށި ޝީޓްޕައިލްކުރުމާއ،ި 30 ޓަނުގެ ބޯލާޑްސް ޖެހުމާއި އަދި ކޮންކްރީޓް ޕޭވިންގްގެ މަސައްކަތް ކުރާނެ އެވެ.

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރަން ފަށާފައިވާ މަޝްރޫއުގެ ދަަށުން ބަނދަރުގެ 100 މީޓަރު ތޮށިލާން އެމްޓީސީސީ އަށް ހަވާލުކޮށްފި އެވެ.
އެމްޕީއެލްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސ.ީއ.ީއޯ ކެޕްޓަން ހުސެއިން ޝަފީގެވެ. އަދި މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ރިޓަޔަޑް) އަހުމަދު ސައުދީ އެވެ.
މަޝްރޫއުގެ ސްކޯޕް : މި މަޝްރޫޢުގެ ދަށުން ބަނދަރު ގެ ބޭސިން ހިއްކުމާއ،ި 112 މީޓަރު އެއްގަމު ތޮށި ޝީޓްޕައިލްކުރުމާއ،ި 30 ޓަނުގެ ބޯލާޑްސް ޖެހުމާއި އަދި ކޮންކްރީޓް ޕޭވިންގްގެ މަސައްކަތް ކުރާނެ އެވެ. މި މަޝްރޫޢަކީ 18.80 މިލިއަން ރުފިޔާއަށ،ް 120 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ މަސައްކަތް ނިމުމުން އެމްޕީއެލްއިން ތިލަފުށީގައި ހިންގާ އޮޕަރޭޝަންތަކަށް ލުއި ކަމެއް ލިބި ދެވޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވުމަށް މަގުފަހިވެގެންދާނެކަމަށް އެމްޓީސީސީ އިން ބުނެފައިވެ އެވެ.