ނަމާދު ވަގުތު ޖެހުމުން ކުޅިވަރު ކުޅުން މެދުކަނޑާލަން ޖެހޭ ގޮތް ހަދަނީ

އެކުވެންޏާއި މާފަންނު ސްޓޭޑިއަމްގައި ނަމާދު ކުރެވޭނެ ގޮތް ވެސް ހަދާނެ

ކްލަބް މޯލްޑިވްސް މުބާރާތުގައި ފުޓްސަލް މެޗެއް ކުޅެނީ--ފޮޓޯ: އިމޭޖަސް.އެމްވީ

ނަމާދު ވަގުތު ޖެހުމުން ކުޅިވަރު މައިދާނުގައި ތިބޭ މީހުން ކުޅުން ހުއްޓާލަން ޖެހޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނަމާދު ވަގުތު ޖެހިގެން ދާއިރު ކުޅިވަރު ކުޅެން ތިބުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ އާދައެއް ކަމަށާއި އެކަން ރަނގަޅު ކުރަން ސަރުކާރުން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކުޅިވަރު މައިދާންތަކުގައި ނަމާދު ކުރެވޭނެ ގޮތްތައް ހަމަޖެއްސުމާއި ބަނގި ގޮވުމުން ގާތްގަނޑަކަށް 20 މިނެޓު ވަންދެން ކުޅުން މެދުކަނޑާލަން ޖެހޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިފަދަ ކަންކަން ކުރަނީ މުޖުތަމައަކީ އިސްލާމީ ގައުމަކަށް ވެފައި އަމަލީ ގޮތުން ތަންފީޒު ކުރަންވާނީ މި ހަގީގަތުގެ މައްޗަށް ކަމަށްވާތީ." ރައީސް ވިދާޅުވި އެވެ. 

ކުޅިވަރު އެކުވެންޏާއި މާފަންނު ސްޓޭޑިއަމްގައި މިހާރު ނަމާދު ކުރެވޭނެ އެއްވެސް ވަސީލަތެއް ގާއިމް ކޮށްފައި ނުހުރެ އެވެ. 

ރައީސް ވިދާޅުވި ގޮތުގައި ވަރަށް އަވަހަށް އެ ތަންތަނުގައި ނަމާދު ކުރެވޭނެ ގޮތް ހަދާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.