16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިޔާ ބޭނުންކުރުން މަނާ ކުރަނީ

ރައީސް ވަނީ އޮސްޓްރޭލިއާ މިސާލަކަށް ބަލައިގެން، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ އެކައުންޓުތައް ނުހެދޭ ގޮތަށް ވިސްނަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު މައުލޫމާތު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

އުމުރުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިޔާ ބޭނުންކުރުން މަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި މިހާރު ކުރިއަށް ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން ރައީސް ވަނީ އޮސްޓްރޭލިއާ މިސާލަކަށް ބަލައިގެން، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ އެކައުންޓުތައް ނުހެދޭ ގޮތަށް ވިސްނަމުންދާ ކަމަށް ވިދާޅުވެފަ އެވެ. 

"ކަމާގުޅޭ ގާނޫނުތަކާއި ކުރަން ޖެހޭ އެހެނިހެން ކަންކަން ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ސޯޝަލް މީޑިއާ ކަނޑައެޅޭ ވަކި އެޕްތަކެއް 16 އަހަރުން ދަށުގެ ޒުވާނުންނަށް ބޭނުން ނުކުރެވޭ ގޮތަށް ކަނޑައެޅުމަށްޓަކައި ފިޔަވަޅުތައް އަޅަން ގަސްދުކުރަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ، މި އަހަރުގެ ތެރޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ އެކައުންޓުތައް ނުހުޅުވޭ ގޮތް ހަދަން ކަމާގުޅޭ ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަން މަސައްކަތް ކުރުމެވެ.

ސޯޝަލް މީޑިއާ ބޭން ކުރުމުގައި އެ ޕްލެޓްފޯމްތައް ހިންގާ ކުންފުނިތަކާއެކު މަޝްވަރާތައް ކުރިއަށްގެންދަވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މިކަން ކާމިޔާބު ކުރުމުގައި ކުދިންގެ ބެލެނިވެރިންނާއި މުޅި މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.