އެންސްޕާއިން ދޭ ބޭސްފަރުވާގެ އެހީ އާސަންދައިގެ ދަށަށް

އެންސްޕާއިން ރޭ ކުރި އިއުލާނެއްގައި ބުނީ އެންސްޕާގެ މެޑިކަލް ވެލްފެއާ ސްކީމްގެ ދަށުން ދެމުން އަންނަ ހިދުމަތްތައް މިއަދުން ފެށިގެން އާސަންދައިގެ ދަށަށް ބަދަލުވާނެ ކަމަށެވެ.

އާސަންދައިގެ ހިދުމަތް ދޭ ތަނެއް

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދެމުން އައި ބޭސްފަރުވާގެ އެހީގެ ހިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް މިއަދުން ފެށިގެން ބަދަލުކޮށްފި އެވެ.

އެންސްޕާއިން ރޭ ކުރި އިއުލާނެއްގައި ބުނީ އެންސްޕާގެ މެޑިކަލް ވެލްފެއާ ސްކީމްގެ ދަށުން ދެމުން އަންނަ ހިދުމަތްތައް މިއަދުން ފެށިގެން އާސަންދައިގެ ދަށަށް ބަދަލުވާނެ ކަމަށެވެ.

މިގޮތުން، އެންސްޕާއިން ކުރިން ދިން 16 ހިދުމަތެއް އާސަންދައިގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.

އާސަންދައިގެ ދަށަށް ބަދަލުކުރި އެންސްޕާގެ ހިދުމަތްތައް

  •  ގޯޝަން ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ބޭސް ގެނައުމާއި ފޯރުކޮށްދިނުން
  •  ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުން
  •  ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭހުގެ ތެރެއިން ރާއްޖެއިން ލިބެން ނެތް ނުވަތަ އެޕްރޫވުޑް ޑްރަގް ލިސްޓްގައި ނުހިމެނޭ ބޭސް ހޯދުމަށް އެދޭ މީހުންނަށް އެހީވުން
  •  ރާއްޖެއިން ނުލިބޭ ބޭސް އަދި އާންމުކޮށް ބޭނުންވާ ބޭސް ހޯދުމަށް ދެވޭ ފައިސާގެ އެހީ
  •  އާސަންދަ ހަމަޖެހިގެން ބޭރުން ފަރުވާ ކުރުމަށް ބޭނުންވާ މީހުންނަށް އިތުރު ޓިކެޓް ހަމަޖެއްސުން
  •  ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ސިއްހީ ކަންކަމަށް ދެވޭ އެހީ
  •  ޕަބްލިކް ހޮސްޕިޓަލްތަކާއި އާސަންދައިން ކަވާ ނުކުރާ ޓެސްޓްތަކާއި ތަހުލީލްތަކަށް ދޭ އެހީ
  •  ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ އެކިއެކި އާލަތްތަކާއި މެޝިން (އެސިސްޓިވް ޑިވައިސަސް) އަދި މެޑިކަލް ކޮންސިއުމަބަލްސް ފަދަ ތަކެއްޗަށް ފޯރުކޮށްދޭ އެހީ
  •  ދެވޭ އިތުރު ފަރުވާއެއް ނެތް ކަމަށް ކަމާބެހޭ ހާއްސަ ޑޮކްޓަރަކު ލަފާ ދިނުމުން އެނބުރި ރާއްޖެ އަންނަން ނުވަތަ ފަރުވާ ފުރިހަމަކުރުމަށްފަހު އެނބުރި ރަށަށް ދިއުމަށް ބޭނުންވާ އެހީ ބޭނުންވާ ފަރާތްތަކަށް (ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން) އެހީވުން
  •  ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށްފަހު ފޮލޯއަޕް ހެދުން
  •  އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ފަރުވާ ކުރުމަށް ދިއުމަށްފަހު ދިމާވާ ދަތިތަކާއި ގުޅިގެން ދެވޭ އެހީ
  •  ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ރިފަރަލް ހެދުން
  •  ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ބަދަލުކުރުމާއި ކޮންސެންޓް ނެގުން
  •  މެރަނަ ސްކީމުގައި ރަޖިސްޓަރީ ކޮށްފައިވާ ދިވެހިންނަށް އެމަޖެންސީ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މެރަނަ ސްކީމުގެ ކަވަރޭޖް ބޮޑުކޮށްދިނުން
  •  ރަށަކުން ފޯމް ފުރައިދޭ ޑޮކްޓަރަކީ އެކަމުގެ ހާއްސަ ޑޮކްޓަރަކަށް ނުވާނަމަ، އިތުރު އޮޕީނިއަންނެއް ހޯދުމަށް ބަލިމީހާއަށް އެންގުމުން އިތުރު ތަކުލީފްތަކެއް ދިމާވާނަމަ އަދި ރިފާކުރަން ހުށަހަޅާ ސަބަބަކީ ރަށުން ލިބޭ ފަރުވާއަކަށް ނުވި ނަމަވެސް މާލެއިން ލިބޭ ފަރުވާއެއް ނަމަ ރިޖެކްޓްވާ ހާލަތްތައް
  •  ވެލްފެއާ ސްކީމްގެ ދަށުން ލިމިޓެއް ކަނޑައަޅައިގެން ފޮނުވާ މީހުންނަށް ރީކޮންސިޑެރޭޝަނަށް ހުށަހެޅުމުން ކޮމިޓީން ރިކޮންސިޑާކުރުމަށްފަހު އެ ލިމިޓް އިތުރު ކުރުން ނުވަތަ އިތުރު އެހީ ފޯރުކޮށްދިނުން

އެ ބަދަލާ އެކު ދައުލަތުން ދޭ ބޭސްފަރުވާގެ އެހީގެ ހުރިހާ ކަމެއް އާސަންދަ ޕޯޓަލް މެދުވެރިކޮށް ދެން ލިބޭނެ ކަމަށް ބުންޏެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.