ދެ ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ފަރުވާ ދެނީ

އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބީ ދެ ފަޅުވެރިން ކަމަށާއި، އެ ދެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެކްސިޑެންޓްވި ލޯންޗު --

މާލެ ކައިރިން ދަތުރުކުރި ދެ ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ފަރުވާދޭން ފަށައިފި އެވެ.

ދެ ލޯންޗު އެކްސިޑެންޓުވީ އިއްޒުއްދީން ފާލަމާ ދިމާލު ބޭރުން ފަޅުންނެވެ. 

އެމްއެންޑީއެފުން ބުނީ ދެ މީހުންނާ އެކު، ދަތުރުކުރަމުން އައި "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓު ވެގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. ލޯންޗު ދަތުރުކުރަމުން ދިޔައީ ވިލިނގިލިން ގިރިލަންކަންފުއްޓަށެވެ.

އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބީ ދެ ފަޅުވެރިން ކަމަށާއި، އެ ދެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ލޯންޗު އެކްސިޑެންޓް ވީގޮތް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މި އެކްސިޑެންޓްގައި އެ ލޯންޗުގެ ކުރީކޮޅު ވަނީ އެއްކޮށް ފުނޑުފުނޑު ވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.