ރޯނު ނަކަތް ނިމި އަންނަ ބުދަ ދުވަހު ފެށޭނީ "މިއަހެލި" ނަކަތެވެ. ހުޅަނގު މޫސުމުގެ ފަސްވަނަ މި ނަކަތުގައި ވައި ބާރުވާނެ އެވެ. ވައިޖެހޭނީ ސީދާ ހުޅަނގުންނެވެ.

އިހުގެ މުސްކުޅިންގެ ހަރުބައެއްގައި އޮވެ އެވެ ؛ ރޯނަށް ވާރޭ ނުވެހިއްޖެއްޔާ ގަސްގަހާގެހި މަރުވެދެ އެވެ. އެކަމަކު މި ވިއްސާރަ ވެގެންދަނީ ގައުމު ގުޑުވާލާ ބާރުގަދަ ވިއްސާރައަށެވެ. ރޯނު ނަކަތް ނިމި އަހުލިހައަށް ވަންނަނަމުންދާއިރު، މިއީ ހުޅަނގު މޫސުމުގެ ހަތަރުވަނަ ނަކަތެވެ. މި މޫސުމުގައި ގަދަވަޔާއެކު ވިއްސާރަކުރާނެ އެވެ.
މި ނަކަތަކީ އިރުވައި މޫސުމުގެ ރޯޅި ވައި އޭގެ އެންމެ ބާރުމިނުގައި ޖެހެން ފަށާ ދުވަސްވަރެވެ. ރާއްޖޭން މިހާރު މި ފެންނަނީ އެ ޖޫން، ޖުލައި ވިއްސާރައިގެ ކޮޅުމައްޗެވެ. މި ނަކަތުގައި އެވްރެޖްގޮތެއްގައި 4.7 އިންޗިއަށް ވާރޭ ވެހޭނެ އެވެ. ވައިޖެހޭނީ ގަޑިއަކު އެވްރެޖްކޮށް 24.08 ކިލޯމީޓަރުގެ ބާރުމިނުގަ އެވެ. އަވިދޭނީ އެވްރެޖްކޮށް 89.3 ގަޑިއިރު އެވެ. މި ނަކަތުގައި ވެސް މަސްވެރިކަން ދަށްވާނެ އެވެ.
ރޯނު ނަކަތް ނިމި އަންނަ ބުދަ ދުވަހު ފެށޭނީ "މިއަހެލި" އެވެ. ހުޅަނގު މޫސުމުގެ ފަސްވަނަ މި ނަކަތުގައި ވައި ބާރުވާނެ އެވެ. ވައިޖެހޭނީ ސީދާ ހުޅަނގުންނެވެ. މި ނަކަތުގައި ގަޑިއަކު 20.37 ކިލޯމީޓަރު ބާރުމިނުގައި ވައި ޖެހޭނެ އެވެ. ވާރޭވެހޭ މިންވަރު އާންމުކޮށް ހުންނާނީ 3.15 އިންޗީގަ އެވެ. އަދި އާއްމު ގޮތެއްގައި 95.6 ގަޑިއިރު އަވިދޭނެ އެވެ. ވައިބާރުވެ ކަނޑުތައް ގަދަވާނެ އެވެ. މި ނަކަތުގައި މަސްވެރިކަން ދަށްވާނެ އެވެ.
މިއަހެލި ނަކަތަށް ނިސްބަތްކޮށް "މިއަހެލި ހިންގުމޭ" އިހުގެ މުސްކުޅިން ބުނެ އުޅެ އެވެ. މިއީ މުސްކުޅި މަސްވެރިންގެ މެދުގައި ވަރަށް މަގުބޫލު ވާހަކައެކެވެ. "މިއަހެލި ހިންގުން" ކަމަށް ބުނަނީ މި ނަކަތުގައި ކަނޑުގެ ލޮނުގަނޑުގެ މަތީ ފަށަލަ ވަރަށް ބޮޑަށް ހޫނުވެ، އޭގެ ސަބަބުން ކަނޑުގެ އަޑީގައި އުޅޭ ކަޅުބިމަސް ފަދަ މަސް މަހާމެހި ބައިބަޔަށް ލޮނުގަނޑުގެ މައްޗަށް ތިލަވުމަށެވެ. މިގޮތަށް މަސްތައް މައްޗަށް އަރައިގެން އައިސް އޮޑިދޯނިފަހަރުގެ ކައިރީގައި "ކިއު ހަދާލާފައި" ތިބޭ ކަމަށް މުސްކުޅިން ބުނެއުޅެ އެވެ.