ނަށަން ދަސްކޮށްދޭން ދެކޮޅު ހެދި ތިން ޓީޗަރަކު ސަސްޕެންޑް

އެޑިއުކޭޝަނުން ބުނާ ގޮތުގައި ދަރިވަރުންނަށް ނަށަން ދަސްކޮށް ދިނުމަކީ މަންހަޖުގައި ހިމެނޭ ކަމެކެވެ. އެފަ ކަންކަމާ ދެކޮޅެއް ނުހެދޭނެ އެވެ.

އުކުޅަހު ސްކޫލުގެ މުވައްޒަފުންތަކެއް: ތިން ޓީޗަރުން ވަނީ ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި -- އުކުޅަހު ސްކޫލްގެ ބައްދަލުވުމެއްގެ ފޮޓޯއެއް

އއ. އަތޮޅުގެ އުކުޅަސް ސްކޫލުގައި ދަރިވަރުންތަކަކަށް ނަށަން ދަސްކޮށް ދޭން ދެކޮޅު ހެދި ތިން ޓީޗަރަކު ވަޒީފާއިން ސަސްޕެންޑް ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމެނެންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއި ކުރެއްވުމަށް ފަހު އެ ތިން ޓީޗަރުން ސަސްޕެންޑް ކޮށްފައިވާ ކަމުގެ ލިޔުން ފޮނުވީ އިއްޔެ އެވެ. އެ ތިން ޓީޗަރުންނަށް ލިޔުމެއް ފޮނުވާފައި ވަނީ އުކުޅަހު ސްކޫލުގައި ބާއްވާ ކޮންސެޓެއްގައި ބައިވެރިވާ އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނަށް ނަށަން ދަސް ކޮށްދޭން ދެކޮޅު ހެދި ޓީޗަރުންނަށެވެ.

އެ ލިޔުމުގައިވާ ގޮތުގައި، ޓީޗަރުގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި، މަންހަޖުގައި ބަޔާން ކޮށްފައިވާ ލަނޑުދަނޑިތައް ހާސިލްވާނެހެން ކަންކަން ކުރުމަށް އަންގާފައިވާނެ ކަމަށް ބުނެފައި ވެއެވެ.

"... އެކަންކަން ހާސިލު ކުރުމަށް ދަރިވަރުންނަށް ރާވާ ހިންގާ ހަރަކާތްތަކުގެ ތެރެއިން ބައެއް ކަންކަމަށް ފާޅުގައި ދެކޮޅު ހަދާ، އެކަންކަން ކުރުމަށް އިންކާރުކޮށް، އެކަމުގައި ސްކޫލުން އަންގާ އެންގުންތަކަށް ނުކިޔަމަންތެރިވެފައި ވާތީ..." ސަސްޕެންޑް ކުރި ސަބަބުގައި ބުނެފައި ވެއެވެ.

އެހެންކަމުން އެ މައްސަލައިގެ އިދާރީ ތަހުގީގެއް ހިންގަން ނިންމާފައިވާ ކަމަށް ލިޔުމުގައި އަންގާފައިވެ އެވެ. އެލްކޭޖީ އަދި ޔޫކޭޖީއަށް ކިޔަވައިދޭ ތިން ޓީޗަރުން ސަސްޕެންޑްކޮށްފައި ވަނީ ހަތް ދުވަހަށް އެކަމަކު މުސާރަ ހިނގާ ގޮތަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.