ހަތަރު މަސް ދުވަހުގެ ތެރޭގައި ކޮންޓޭނަރު ސްކޭން ކުރާ ނިޒާމު ގާއިމުކުރަނީ

މިގޮތުން، ކޮންޓެއިނަރުތައް ހުރިގޮތަށް ސްކޭން ކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ކަސްޓަމްސް ގުޅިގެން ކުރިއަށްދާ ކަމަށް އިހްސާނު ވިދާޅުވި އެވެ.

މާލެ ވިޔަފާރި ބަނދަރަށް ކޮނެޓެއިނާތަކެއް ބާލަނީ -- އެމްޕީއެލް

ކަނޑު މަގުން ރާއްޖެއަށް މަސްތުވާތަކެއްޗާއި މަނާކޮށްފައިވާ އެހެނިހެން ތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި، ކުރިއަށް އޮތް ހަތަރު މަހުގެ ތެރޭގައި ކޮންޓޭނަރުތައް ސްކޭން ކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ރާއްޖޭގެ ބޯޑަރުގެ ސަލާމަތީ ކަންކަން ހަރުދަނާކޮށް މިހާރު ވެސް ބަލަމުންދާ ކަމަށާއި، ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅޭ ތަކެތި އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް އަތުލައިގަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކަސްޓަމްސްގެ ސަރަހައްދުތަކުގައި އެންމެ ފުރިހަމަ ގޮތުގައި މުދާ ސްކްރީން ކުރަން ފެށުމުން، ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރާ ތަކެތި ދެނެގަނެވޭ މިންވަރު އިތުރުވާނެ ކަމަށެވެ.

މިގޮތުން، ކޮންޓެއިނަރުތައް ހުރިގޮތަށް ސްކޭން ކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ކަސްޓަމްސް ގުޅިގެން ކުރިއަށްދާ ކަމަށް އިހްސާނު ވިދާޅުވި އެވެ. 

"ރާއްޖޭގެ މައި ބަނދަރުގައި ފުލް ކޮންޓެއިނާ ސްކޭނާއެއް އިންސްޓޯލް ކުރުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ ހަތަރު ވަރަކަށް މަސް ތެރޭގައި ބެލެވެނީ އެކަން ވެސް ނިމިގެންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.